ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތި ކެމްޕެއިންތައް ކުރައްވަނީ ވަކީލުންގެ ހައްގުތަކަށް އެރިގެން: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާޞުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ (އިންގި) ގެ ކެމްޕެއިންތައް ކުރައްވަނީ ވަކީލުންގެ ހައްގުތަކަށް އެރިގެންކަމުގައި ނުސީދާ ގޮތެއްގައި އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ފެށޭ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިނތިހާބާއި ގުޅިގެން، ވެރިކަން ކުރާ މައި ޕާޓީއަކީ އެމްޑީޕީކަމުގައިވީނމަވެސް ޕާޓިގެ ތެރޭގައި ވަޏި ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަންތަކެއް އުފެދިފައެވެ.

ވާހަކަތައް ދެކެވޭ ގޮތުގައި އިންތި މަގާމަށް ވާދަކުރައްވަނީ ރައީސް ނަޝީދުގެ ތާއިދާއިއެކުގައެވެ. އަދި ދެން މި މަގާމުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް މަގާމުގައި ޥާދަކުރައްވަނީ ރައީސުލް ޖުމްހުރިއްޔާ އިބްރާގހީމް މުހައްމަދު ސާލިހުގެ ތާއީދާއިއެކުގައެވެ

މިހެންކަމުން މިނިސްޓާ ފައްޔާޒްގެ ބޮލުގައި ދަނީ ސަރުކާރުގެ ވަސީލަތްތަށް ނަހަމަ ގޮތުގައި ބޭނުން ކޮށްގެން އަމިއްލަ ކެމްޕެއިންތައް ކުރައްވާކަމުގެ ތުހުމަތުތައް އަޅުއްވަމުންނެވެ. އަދި ސަރުކާރުގެ ބަންޑާރަ މަގާމެއްގައި ހުންނަވާ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ނުކުރާކަމުގައި ބުނެވެސް ދަނީ ފާޑު ކިޔތުން އަމާޒު ކުރަމުންނެވެ.

މި ދަނޑިވަޅުގައި ނިހާދު ޓްވީޓެއް ކުރައްވާ ވިދާޅުވެފައިވަނީ ޖުޑިޝަރީ ކޮމިޓީއަށް އެތައް ސަތޭކަ ގަނޫނީ ވަކީލުންގެ މައްސަލައެއް ހުށައެޅިފައިވާއިރުވެސް ކޮމިޓީގެ މުގައްރިރު އުޅުއްވަނީ މައްސަލައާއިމެދު ގޮތެއް ނިންމުމުގެ ބަދަލުގައި ކޮމިޓީގެ ގިނަ މެންބަރުން ގޮވައިގެން އަމިއްލަ ކެމްޕެއިންތައް ކުރެއވުމުގައެވެ.

ޓްވީޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިއީ ވަކީލުންގެ ހައްގުތަކަށް އަރައިގަތުންކަމަށާއި، އެ ފަރާތްތަކުގެ ހައްގު ހޯދައިދިނުމަށްޓަކައި އެހެން ގޮތެއް ހޯދަން ޖެހޭކަމުގައެވެ.

މީގެ އިތުރަށްވެސް މިނިސްޓާ ފައްޔާޒްގެ ބޮލުގައި އެޅުވެމުންދާ ތުހުމަތުތަށް ދިފާއު ކުރައްވާ ނިހާދު ވަނީ ވާހަކަ ދައްކަވާފައެވެ. ނިހާދު ވަނީ ސަރުކާރުގެ ބަންޑަރަ މާގަމެއްގައި ހުރި ބޭފުޅަކަށް މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާއިރުވެސް ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ހަދާފައިވާ ރައްޔިތުންނގެ މަޖިލީހަށް ހާޒިރު ކުރެވިފައި ނުވަނީ ކީއްވެކަމާއިމެދު ސުވާލުއުފައްދަވާފައެވެ. އަދި އޭނާ ވިދާޅުވީ މިކަމުންވެސް މިއީ ސިޔަސީ ބޭނުމެއްގައި ދެކެވޭ ވާހަކަތަކކަމުގެ ހެކި ލިބެމުންދާކަމަށެވެ.

ނަމަވެސް އެމްޑީޕީގެ އިންތިހާބީ ކޮމިޓީއަށް އިންތިއަށް ތާއީދު ކުރައްވާ ފަރާތްތަކުން މި މައްސަލަ ހުށައެޅުމާއިއެކު ކޮމިޓީން ނިންމާފައިވަނީ މިއީ ސައްހަ މައ3ސަލަތަކެއްކަމަށެވެ. އަދި ކޮމިޓީން ވަނީ މިފަދަ ކަންތައްތައް ކުރުމުން ރައްޔިތުންގެ ޕާޓިއަށް ކުރާ އިތުބާރު ގެއްލިގެންދާނެކަމުގައި ފާހަގަކޮށް މިފަދަ ކަންތައްތަކާއި ދުރުވުމަށް ގޮވާލާފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: