ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އަދި ވިލިމާލޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟
މާލެ ސަރަހައްދުގައި ޑެންގޫ ހުން ފެތުރި ދިއުން ހުއްޓުވުމަށް މާލެ ސިޓީ ކައުންސިލުން މަދިރި ކޮންޓްރޯލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މަދިރީގެ ސަބަބުން ފެތުރޭ ޑެންގޫ ހުމުން ރައްކާތެރި ވުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވަނީ މާލެ އާއި ވިލިމާލޭގެ މަގުތައް އަދި ހުސް ބިންތަކުގައި ހުރި ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް ފަށާފައިކަމާށާއި އެގޮތުން މަގުތައް ފޮގު ކުރުމުގެ އިތުރުން މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން މަދިރި ކޮންޓްރޯލު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަކީ މިހާރުވެސް ގަވާއިދުން ކުރަމުންދާ މަސައްކަތެކެވެ. ނަމަވެސް މިދުވަސްވަރު އެޗްޕީއޭއިން ހާއްސަކޮށް ސަމާލުވުމަށް އެދިފައިވާތީ އެކަމަށް އިސްކަން ދެމުންދާކަމަށެވެ.

އީދު ބަންދާއި ދިމާކޮށް ރާއްޖޭގައި ދަތުރު ފަތުރު ކުރުން އިތުރުވެފައިވާތީ މަދިރީގެ ސަބަބުން ފެތުރޭ ބަލިތުކުން ރައްކާތެރިވުމަށް ހަށިގަންޑު ރަންގަޅަށް ނިވާވާ ހެދުން އެޅުން ފަދަ ފިޔަވަތައް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިއެވެ. އަދި ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރުމުގެ ފުރުސަތު އޮތްކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައިއެވެ.

މީގެއިތުރުން މަދިރިން ރައްކާތެރިވުމުގެ ގޮތުން ފަތިހު އަދި އިރުއޮއްސޭ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުމަށް ވެސް އިރުޝާދު ދީފައިވެއެވެ. އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުންނާއި ކުޑަކުދިން ފަދަ މީސް މީހުންނަށް ޑެންގީ ހުމަކީ ނުރައްކާތެރި ބައްޔަކަށް ވުމުން ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭ އިން އިލްތިމާޒް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: