ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ ވެއިޓަރަށް ހަމަލާ ދިން ޕާކިސްތާން ކައްކާގެ ބަންދަށް އިތުރު 15 ދުވަސް!

ހަމަނުޖެހުން ހިންގި ރެސްޓޯރަންޓުގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ދެ ބިދޭސީއެއްގެ ދެމެދު ހިނގައިދިޔަ ހަމަނުޖެހުންތަކެއްގެ ތެރެއިން، ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ އޭނާ މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ޕާކިސްތާނު މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޕާކިސްތާނު ކެއުންތަކަށް މަޝްހޫރު “ޚާންޖީ” ރެސްޓޯރެންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތަކަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ ހަމަ އެ ރެސްޓޯރަންޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު އަބިދެވެ. ރުޅި ކޮންޓްރޯލް ނުކުރެވުމާއި، ހަމަނުޖެހުން އުފައްދާކަމަށް ބުނާ އާބިދަކީ ނުރައްކާތެރި މީހެއްގެ ގޮތުގައި ފުލުހުން ބުންޏެވެ. އެހެންވެ އެނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދުމުން ކްރިމިނަލް ކޯޓުން އިތުރު ކުރީ 15 ދުވަހެވެ.

މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އާބިދު ބުނީ، އެމްޑީ ޝާހީނަށް ހަމަލާ ދިނީ އަމިއްލަ ނަފްސުގެ ދިފާއުގައިކަމަށާއި މިހާރު އެކަމާ ދެރަވެ ހިތާމަ ކުރާކަމަށެވެ. އަދި އޭނާ ރެސްޓޯރަންޓުގެ ބިދޭސީ މީހާއާއި ޒުވާބު ކުރީ އެއްގޮތަކަށް ވެސް އޭނާ މަރާލައި ހަމަލާ ދިނުމުގެ ނިޔަތުގައި ނޫންކަމަށް ބުންޏެވެ. އަދި ބަންދުގައި ބަހައްޓާނަމަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދުނެވެ.

ބަންދުގެ މުއްދަތު ހަމަވާތީ ފަހުން ކޯޓަށް ހާޒިރު ކުރުމުން އާބިދު ވަނީ ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދި އޭނާގެ ބޮލަށް ލިބުނު އަނިޔާއަކަށް އަދިވެސް ރަނގަޅު ބޭސްފަރުވާ ނުލިބޭކަމުގެ ޝަކުވާކޮށްފަ އެވެ. އެހެންވެ ކޯޓުން އަމުރު ކުރީ އޭނާގެ ބޭސްފަރުވާ ކުރިޔަށް ދާގޮތް ބެލުމަށެވެ.

އެމްޑީ ޝާހީނަށް ހަމަލާ ދިނުމަށް ފަހު އާބިދު މާލެ އައިސް އޭގެ ފަހުން ހުޅުމާލޭގެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި އުޅެނިކޮށް ހައްޔަރު ކުރީ ހަމަލާ ދިންތާ އެއް ދުވަސް ފަހުންނެވެ. ހަމަލާއަށް ފަހު ރެެސްޓޯރެންޓުގައި މަސައްކަތް ކުރާ މީހުން ވަނީ ހަމަލާ ދީފައި ހުރި ތަނުގެ ސީން އެއްކޮށް ކްލިއާކޮފަ އެވެ. އަދި މައްސަލަ ރިޕޯޓު ކުރީ ހޮސްޕިޓަލުންކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ބިދޭސީ މީހާ މަރުވެފައިވާއިރު ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުން އޭނާގެ ބޮލަށާއި، ކަރަށް އަދި ފަޔާއި މެޔަށް ވަނީ ހަމަލާ ދީފަ އެވެ. އާއްމުވި ވީޑިއޯގައި ބިދޭސީ މީހާއަށް ސީޕީއާރު ދޭތަން ވެސް ފެނެ އެވެ. އަދި ގައިގައި ހުރި ލޭ ސާފު ކުރުމަށް އޭނާގެ ގަޔަކަށް ފެން އަޅާފައިވާކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: