ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒް އަށް ތާއީދުކުރުމަށް ނިންމީ ނަތީޖާނެރެދެއްވާފައިވާތީ: އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި އިކޮނޮމިކް މިނިސްޓްރީ ފައްޔާޒް އިސްމާއިލަށް ތާއީދުކުރުމަށް ނިންމީ އެމަނިކުފާނަކީ ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއްކަމަށްވާތީ ކަމުގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަހުމަދު ވިދާޅުވީ އޭނާ ބެލީ ކުރަން މިއުޅެނީ ކޮން ކަމެއްތޯ އާއި އެމްޑީޕީ އަށް މިވަގުތު ބޭނުންވެފަ އޮތީ ޕާޓީ ތެރޭގައި ކަންތައްތައް ގެންދަންވީ ކިހިނެތް ކަމާއި ޕާޓީ ހިނގަމުން ދަނީ ކިހިނެތް ކަމެވެ. އެއަށް ފަހު ދެން ބެލީ ކުރިމަތިލައިގެން ތިބި ކެނޑިޑޭޓުންނަށް ކަމުގައެވެ.

އެގޮތުން އެއްފަރާތުން ކުރިމަތިލައިގެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމާއި އަނެއް ފަރާތުން ކުރިމަތިލައްވާފައި ހުންނެވީ ސަރުކާރުގެ ވަޒީރެއް ކަމުގައިވާ ފައްޔާޒް އިސްމާއީލެވެ.

އެއަށްފަހު ޕާޓީގެ މުސްތަގުބަލާއިމެދު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ހުނަރާއި ގާބިލްކަމާއި ނަތީޖާ ނެރެވިފައި ހުރި މިންވަރާއި ހުރިހާ އެއްޗަކަށް އަޅާ ބަލާ ވަޒަން ކޮށްލުމުން ފެނުނީ ފައްޔާޒް އިސްމާއިލް ބޮޑުތަނުން ޕާޓީ ހިންގާލުމަށް ރަނގަޅު ކަމަށް އަހުމަދު ވިދާޅުވިއެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އަހުމަދު ވިދާޅުވީ ދައުލަތުގެ ވަޒީރެއްގެ ގޮތުގައި ފައްޔާޒް ހުންނަވައި ކޮވިޑްގެ ދަތި ހާލަތުގައި އާއި އަދި އެހެންވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖެ މިދުށް ދަތިދުވަސްތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި އެއްކޮށް އެޓީމުގައި އެންމެ ބުރަކޮށް  އަދި އެންމެ ހީވާގި ކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެއްކަން އަހުމަދު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރާއްޖޭގައި މިވަގުތު ތިއްބެވި ވަޒީރުންނަށް ބަލައިލި ކަމުގައިވީ ނަމަވެސް ފައްޔާޒް ފެނިގެން ދަނީ ވަރަށް ބޮޑަށް ހަރަކާތްތެރި އަދި ނަތީޖާތަކެއް ނެރެދެއްވާފައިވާ ބޭފުޅެއްކަމުގައެވެ.

އެހެންކަމުން ޕާޓީ އެހެން ލެވެލް އަކަށް ގެންދިއުމަށްޓަކައި ބޭނުންވަނީ ތަޖުރިބާއާއި ހުނަރާއި ހިންގުންތެރިކަން  ހުރި ބޭފުޅަކީ ފައްޔާޒް ކަމުގައި ވިދާޅުވިއެވެ. އެހެން ކަމުން އަހުމަދާއި އަދި އޭނާގެ ޓީމްވެސް ފައްޔާޒް އަށް ތާއީދު ކުރުމަށް ނިންމެވީ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އަކީ ސަރުކާރުގައި މިވަގުތު މަސައްކަތް ކުރައްވާ އެންމެ ގާބިލް އަދި ރައީސް އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު ކަމުގައި ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭންގައި މިވަގުތު ފައްޔާޒް ގެންދަވަނީ ހއ އަދި ހދ ގެ ރަށްތަަކަށް ޒިޔާރަތްކުރައްވަމުންނެވެ.

އެ ދަތުރުތަކުގައި އެރަށްރަށުގެ ރައްޔިތުންނާއި ޕާޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ހިޔާލު ހޯއްދަވައި ތާއީދު ހޯއްދެވުމުގެ ބުރަ މަސައްކަތްތައް ފައްޔާޒް އާއި  ކެމްޕޭން ޓީމުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.

ޗެއަރޕާސަންގެ އިންތިހާބުގައި ފައްޔާޒް އާއި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މިހުގެ 14 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: