ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީޑިއާ ކައުންސިލާއި ބްރޮޑްކޮމް އިން ހަރަކާތްތަކެއް ހިންގަނީ

އެމްއެމްސީއާއި ބްރޯޑްކޮމް އިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ އެމްއެމްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބްރޮޑްކާސްޓިންގ ކޮމިޝަން އާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ ޔުނެސްކޯގެ ޖެނެރަލް ކޮންފަރެންސްގެ ލަފާގެ މަތިން 1993 ވަނަ އަހަރުގެ ޑިސެމްބަރު މަހު އދ.ގެ އާންމު މަޖިލީހުން ކަނޑައަޅައި އިއުލާން ކުރި ދުވަހެކެވެ.

އޭގެފަހުން، މެއި މަހުގެ 3 ވަނަ ދުވަސް، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ.

މިއަހަރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ގައުމީ ކެމްޕެއިން އެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުތައް ރައްކާތެރި ކުރުމާއި، ނޫސްވެރިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަކީ ގައުމީ މުހިންމު ސިޔާސަތެއް ކަމަށް އެމްއެމްސީން ބުނެފައިވެއެވެ.

އެގޮތުން މި ކެމްޕެއިން ކުރިއަށް ގެންދިއުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ކަންކަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ދޫކުރާ ހާއްސަ ބެޖް ބޭނުން ކުރުމާއި ނޫ ކުލައިގެ ހެދުން އެޅުން ހިމެނެއެވެ. ހަމައެއާއެކު މި އަހަރުގެ ޝިއާރާ ގުޅުވައިގެން ހަރަކާތްތައް ހިންގުން ނުވަތަ މުވައްޒަފުން މެދުވެރިކޮށް މިޝިއާރުގެ މަޤްޞަދު ހާސިލުވާނެ ފަދަ މެސެޖެއް އާންމުންނަށް ފޯރުކޮށް ދިނުމާއި ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި PressFreedomMV# ހޭޝްޓެގް  ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ.

ދުވަހުގެ ޝިޔާރެއްގެ ގޮތުގައި އ.ދ ގެ ޔުނެސްކޯ ޖަމުއިއްޔާއިން ކަނޑައަޅާފައިވަނީ “Journalism under Digital Siege” ނުވަތަ ނޫސްވެރިކަން ސުމޭކެއްގެ ތެރޭގައި އެވެ.

މިހަރަކާތް މީޑިއާ އިދާރާތަކުން ކުރިއަށް ގެންދާނީ މިއަދު ކަމުގައި ވިޔަސް ސަރުކާރުގެ އޮފީސްތަކާއި މިނިސްޓްރީތަކުން މި ހަރަކާތް ކުރިއަށް ގެންދާނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

ހަމައެއާއެކު ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބަހުސްއެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބަހުސްގެ ބޭނުމަކީ ސްކޫލް ނިންމާ ކުދިންގެ މެދުގައި، ނޫސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މި ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންގެ މެދުގައި ނޫސްވެރި ކަމަށް ލޯބި ޖެއްސުމެވެ. ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މުހިންމު ކަން ދަރިވަރުންނަށް އަންގައި ދިނުމާއި އާއްމު ރައްޔިތުންނަށް ނޫސްވެރިކަމުގެ މުހިއްމު ކަމާއި ގުޅޭ މައުލޫމާތު ބަހުސްއެއްގެ ސިފައިގައި ގެނެސްދިނުމަކީ މި ހަރަކާތުގެ ބޭނުން ކަމުގައި އެމްއެމްސީން ބުނެއެވެ. މިބަހުސް ދެއްކުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފަހު ހަފްތާ ތެރޭގައެވެ.

ދުނިޔޭގެ ނޫސްވެރިކަމަށް 31 އަހަރު ފުރިގެންދާއިރު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިއްމުކަން ރައްޔިތުންނާއި، ސަރުކާރަށް ހާމަކޮށްދީ، ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ނޫސްވެރިކަމުގެ މިނިވަންކަމަށް އިހްތިރާމް ކުރުމުގެ ސަގާފަތެއް ދެމެހެއްޓުމަށް ބާރުއެޅުމެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަން ކަމުގެ އަސާސީ ސިފަތައް ދެމަހައްޓައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ވަޒަންކޮށް އެކަންކަން ރައްޔިތުންނަށް ބުނެދިނުމާއި މަސައްކަތުގެ މާހައުލުގައާއި އަދި އެނޫންވެސް ވަގުތުތަކުގައި ނޫސްވެރިން އެމީހުންގެ ޤައުމީ ޒިންމާ އަދާކުރުމުގެ ތެރޭގައި، އަނިޔާވެ އަދި ފުރާނަ ގެއްލިދިޔަ ނޫސްވެރިންގެ ހަނދާން އައުކުރުން ކަމުަގއި މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: