ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯވައަށް ގޮވުމުން އީސަގެ ރައްދު: “ބޯވައަކީ އަރާ އިންނަ ގަލަކަށް ކުލަ ބަދަލު ކުރާ އެއްްޗެއް”!

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

މެއި 14 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ތަކުގެ ތެރެއިން މި އިންތިހާބުގައި ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑެ) މި މަގާމުގައި ދެން ވާދަ ކުރައްވާ އިގްތިސޯދީ ވަޒީރު ފައްޔާޒް އިސްމާއީލަށް ވާދަ ކުރައްވާ ފަރާތްތަކަށް ބޯވައަށް ގޮވުމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ރައްދު ދެއްވައިފިއެވެ.

މި އިންތިހާބުގައި ޗެއާޕާސަންކަމުިގެ މަގާމަށް އީސަ ތާއީދު ކުރައްވަނީ ފައްޔާޒް އިސްމާއީލަށެވެ. ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަަމުން، ވާދަވެރި އެނެއް ކެމްޕެއިން ޓީމުން ބޯވަ އާއި މެއްސާއި މާ ބުރަށް ގޮވާ ގޮވުމާއިމެދު ސުވާލު އުފެއްދެވުމުން އީސަ ވިދާޅުވީ އެމްޑީޕީ އަކީ 40 މެންބަރުންގެ މައްޗަށް އުފެދުނު ޕާޓީއެއްކަމަށާއި މިހެންކަމަށްވާނަމަ ދެން ތިއްބެވީ ހުސް ބޯވައިންކަމަށެވެ.

އީސަ ވިދާޅުވީ ބޯވައިންނަކީ އިންނަ ގަލަކާއި އެއްގޮތަށް ކުލަ ބަދަކުރާ އެއްޗެއްކަމަށާއި އެވަގުތެއްގައި އަރާ އިންނަ ކުލައަކާއި އެއްގޮތަށް ކުލަ ބަދަލުކުރާނެކަމަށެވެ. އަދި މިއީ ވަރަށް ކުޅަދާނަކަން ލިބިގެންވާ މަހުލޫގެއްކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

އީސަ އިތުރަށް ނަން ވިދާޅުވެ ފާހަގަ ކުރެއްވީ މި އިންތިޙާބުގައި ދެން ޥާދަ ކުރާ އެނެއް މަގާމުަކަމުގައިވާ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުެރައްވާ ސަފާތު އަހް،ަދު ހޮވުމަށްޓަކައި އިންތިގެ ކެމްޕެއިން ޓީމުގެ ފަރާތުން މަސައްކަތް ކުރައްވާކަމަށާއި ނަމަވެސް  މިއީވެސް ހަމަ އެހެން ޕާޓިއަކަށް ތާއީދު ކުރެއްވުމަށްފަހު އެންމެ 2 އަހަރު ޕާޓީގައި ވެފައިވާ މެންބަރެއްކަމަށެވެ. ދެން އީސަ ފާހަގަ ކުރެއްވީ މި މަގާމުގައި ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިފަދަ ސަބަބުތަކަަށްޓަކައި ބޯވައަކަށްވެފައި، މިއާއި އެއްފަދައިން ވާދަކުރައްވާ އެނެއް ކެޑިޓޭޓު ބޯވައަކަށް ނުވާކަމަށެވެ. އަދި ނުވަނީ މިއީ އިންތިގެ ޓީމުން އުޅެނީ އެ ކެޑިޑޭޓު ގޮވައިގެން އުޅޭތީކަމުގައި އޭނާ ވިދާޅުވިއެވެ.

މިކަންވެސް މިހެން މިދަނީ ހަމަ ރޮޒެއިނާ އަރާ އިންނެވި ގަލުގެ ސަބަބުންކަމުގައި ފާހަގަކޮށް އީސަ ވިދާޅުވީ އެނެއް ބޯވައިން މި ކުލަތައް އެބޭފުޅުންނަށް ފެންނަން ނެތި އަރައި އިންނެވީ އެއް ގަލަކަށްކަމުގައި ވާތީކަމަށެވެ. އަދި މިއީ ސިޠާސީ ވާހަކަތަކެއް ސިޔާސީ ބޭނުމަކަށްޓަކައި ދެކެވިގެންދާ ވާހަކަތަކެއްކަމުގައި އިސަ ފާހަގަކުރެއްވިއެވެ.

އިންތިހާބުގެ ފޯރި ގަދަވެ މަދު ދުވަސްތަކަަށްވެފައިވާއިރު ޕާޓީގެ ތެރޭގައިވަނީ އެއް ބަޔަކު އެނެއް ބަޔަކަށް ފާޑު ކިޔުމުގެ އިތުރުން ބޮޑެތި ސީރިއަސް ތުހުމަތުތަށްވެސް އެޅުވުން އާންމުވެފައެވެ. އިދިކޮޅަށް ގޮވުމުގެ އިތުރުން އަސްލު އެމްޑީޕީއެއް އުފެދި ޕާޓީއަށް ނިސްބަތް ނުޥާ ފަރާތްތަށް ޕާޓީގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ވާހަކަތައްވެސް ދަނި ދެކެވެމުންނެވެ. އަދި ޕާޓިގެ ތެރެއިން ޕާޓިގެ ރައީސް އަދި މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދާ މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރަން އުޅޭކަމުގެ ވާހަކަތައްވެސް ދަނި ދެކެވެމުންނެވެ. އަދި ހަމަ ހުދު އެމަނިކުފާނުވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: