ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ސިޓީއަށް ޖަވާބެއް ނުދޭ: އެސްއޯއީ ކޮމިޓީ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ގުޅުން ހުރި މައްސަލަތަކުގައި މައުލޫމާތު ހޯދުމަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުދޭކަމަށް ވިދާޅުވެ އެސްއޯއީ ކޮމިޓީގެ މުގައްރިރު މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ނުރުހުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެސްޓީއޯއަށް ކޮމިޓީއިން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދޭ މައްސަލަ ހިމެނިފައިވާކަން އީސާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެސްޓީއޯއިން ވިއްކަމުންދާ ބޭހުގެ އަގު ބޮޑުވެފައިވާކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ހުށަައަޅާފައިވާ މައްސަލައިގެ ލިއެކިއުންތަކުގައި ބޭޙުގެ ނަންވެސް ޝާއިއުކޮށްފައިވާކަމަށާއި އަގުވެސް ބަޔާންކޮށްފައިވާއިރު އެ ސިޓީއަށް ޖަވާބެއް ދީފައިނުވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރު އެއްވެސް މުއައްސަސާއެއްގެ އެއްވެސް ވެރިއެއް ވަޒީރަކު އަދި ރައީސުލްޖުމުހޫރިއްޔާ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އެދުމުން އެ މައުލޫމާތުތައް ހިފެހެއްޓުން ގާނޫނީ ގޮތުން ލާޒިމު ނުވާ ނަމަ ހިފެއްޓިދާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި އެގޮތަށް ދޫކޮށްލާކަމަށްވާނަމަ މަޖިލީހުގެ ހައިބަތާއި ގަދަރާއި ކަރާމާތް ގެއްލިގެންދާނެކަމަށާއި ކޮމިޓީގެ ބާރުތައްވެސް ދޫކޮށްލެވޭކަމަށް ވިދާޅުވިއެވެ.

އީސާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ބާރުތައް ކޮމްޕްރަމައިޒްވެގެންދާގޮތަށް އެއްވެސް ވަރަކަށް ދުލެއް ދިނުމަށް ތާއީދުނުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ހަތަރު ސިޓީއެއް ހަތަރު ތާރީހެއްގައި ފޮނުވާފައިވާކަމަށާއި ހަނދާން ކޮށްދިނުމުގެ ގޮތުންވެސް ސިޓީ ފޮނުވާފައިވާކަމަށެވެ.

ހާޒިރުވެ ތިއްބެވި މެމްބަރުންވެސް ވަނީ އެސްޓީއޯގެ އަމަލުތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެސްޓީއޯއިން މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުންތަކާއި މައޫލޫމާތު ދީފައިވުމާކަމަށްވުމުން މަސައްކަތްތައް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެފައިވާއިރު، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ކޮމިޓީއަށް ހާޒިރުކުރުމަށް މެމްބަރަކުވަނީ ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: