ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދީފަ އޮތީ ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމަށް ނޫން: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަނޫނު އަސާސީން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިދީފާ އޮތީ ދޭދޭ ގައުމުތަކާއި ރާއްޖެއާއި ދެމެދު ނަފްރަތު އުފެއްދުމަށް ނޫންކަމަށް ކެޑިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވެއްޖެއެވެ.

އީސަ މިހެން ވިދާޅުވީ ސަންގު ޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމްގައި ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދަވާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމުގެ ގޮތުން ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނެރުއްވި ގަރާރާއިމެދު ވާހަކަ ދައްކަވަމުންނެވެ.

އިސަ ވިދާޅުވީ ދޭދޭ ދެގައުމުގެ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނެ ގޮތަށް ހިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގާއި ހިލާފުކަމެއްކަމަށެވެ. އަދި އިދިކޮޅުން ކަންތައް އެކުރައްވަނީ މި ހައްގަށް ބުރ އަރާނެފަދައިންކަމަށް އޭނާވެސް ގަބޫލުކުރައްވާކަމުގައި އީސަ ވިދާޅުވިއެވެ. އެބޭފުޅުން އިދިކޮޅުގައި ތިއްބެވި އިރު ރާއްޖެއިން ނަގަމުން ދިޔަ ލޯނުތަކާއިމެދު އެއީ “ލޯނުގެ ދަންތޫރަ” އެއްކަމުގައި ބުނެ ހިޔާލު ފާޅު ކުރިން ކަމުގައި ފާހަގަކޮށް އިސަ ވިދާޅުވީ ނަމަވެސް އެބޭފުޅުން ޒާތީ ރުޅިވެރިކަމެއް އުފައްދަން މަސައްކަތް ނުކުރަމުންކަމުގައެވެ.

އެބޭފުޅުން ދެއްކެވީ ގައުމުތަކާއިމެދު ހިގަމުން ދިޔަ މުއާމަލާތްތަކަކާއި ހިތްހަމަ ނުޖެހޭ ވާހަކަތަކެއްކަމަށާއި ނަމަވެސް މިއާއި ހިލާފަށް “އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލަމަތައް ނުރައްވާނެ ހަރަކާތެއްކަމަށް އީސަ ވިދާޅުވިއެވެ. ރައީސުލް ޖުމްހުރިއްޔާގެ ގަރާރުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް މިހަރާތް ފެތޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިއީ ހަޑި ހުތުރު ހަރަކާތްތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އިންޑިއާގައި އެތައްހާސް ދިވެހި ރައްޔިތުންނެއް ދިރިއުޅޭކަމުގައި ފާހަގަކުރައްވާ އޭނާ ވިދާޅުވީ އިންޑިއާގައި ތަންތާގެ ނަން ބޯޑުތައްވެސް ހުންނަނީ ދިވެހިންކަމަށާޢި އަދި އިންޑިއާގެ ރައްޔިތުންނަށްވުރެ ގިނައިން އިންޑިއާއިން ބައްދަލުވަނީ ދިވެހިންނާއިކަމުގައެވެ. މިގޮތަށް ކަންތައް އޮތްއިރު، ރާއްޖޭގައި ދިރިއުޅޭ ނުވަތަ މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތަކަށް ގެއްލުން ދިނުމުން މިކަމުގައި އުފެދޭ ނަފްރަތުގައި ހަމަލާދޭނީ އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ތިބި ދިވެހި ރައްޔިތުންނަށްކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ގައުމީ ސަލާމަތައް ނުރައްކާވެގެންދާނީ މިފަދައިންކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ މައްޗަށް ރާއްޖެ ބަރޯސާވާން ޖެހިފައިވާ މިންވަރު ދޭހަވާފަދަ މޭރުމަކުން އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ.

ދެގައުމުގެ ގައުމީ ސަލަމަތާއި އަދި ދެމެދުގައިވާ ޑިޕޮލޮމެޓިކް ގުޅުމަށްވެސް “އިންޑިއާ އައުޓް” ހަރަކާތުގެ ސަބަބުން ނުރައްކާވާނެކަމުގައި އީސަ ވިދާޅުވިއެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވުމަކީ ހަތިޔާރެއް ހިފައިގެން ދިވެހި ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އިންޑިއާއިން ބަޔަކު އަރާ މަސައްކަތް ކުރުން ނޫންކަމުގައި އޭނާ ވިދާޅުވިއެވެ.

1960 ގައި އުފެދިގައިވާ ލިއެނާ ކޮންވިންޝަން ކިޔާ ކޮންވިޝަނެއްގައި ގައުމުތަކުން ސޮއި ކޮށްފައިވަނީ އެއް ގައުމުން އެނެއް ގައުމެއްގެ ދެމެދުގައި ހިގާ މިޝަންތަކާއި، އެކަމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކަމުގައި ފާހަގަަކުރައްވާ އޭނާ ވިދާޅުވީ މި އެއްބަސްވުމުގައި ރާއްޖެއިންވެސް ސޮއިކޮށްފައިވާކަމަށާއި އެހެންކަމުން މިކަންތައްތައް ރާއްޖޭގެ މައްޗަށްވެސް ލާޒިމްވާނެކަމުގައެވެ.

އިންޑިއާގައި ރާއްޖޭއަށް ނިސްބަތްވާ ތަންތަން އެބަހުރިކަމުގައި ފާހަގަކޮށް އީސަ ވިދާޅުވީ އެތަންތާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންވެސް އެބަ ތިބިކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްނުދެވޭ ހާލަތެއް އައިއްސިކަމުގައި ވަނީނަމަ އިންޑިއާގައި ތިބި ރާއްޖޭގެ ރައްޔިތުންނާއިމެދުވެސް މިހާލަތު ކުރިމަތިވުމަކީ އެކަަށީގެންވާކަމެއްކަމުގައި އީސަ ވިދާޅުވިއެވެ. މިފަދަ ކަންތައްތައް ހިގާފައި އެބަހުރިކަމަށާއި އިރާނުގައި ހުރި އެމެރިކާގެ އެމްބަސީއަށް ވީގޮތް އީސަ ފާހަގަކުރެއްވިއެވެ.

މިހާލަތަށް ގައުމުދާއިރުވެސް ދައުލަތުގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅާއަށް މިކަން ނުހުއްޓުވިއްޖެކަމުގައި ވަނީނަމަ އެކަންވެގެންދާނީ އެމަނިކުފާނުގެ ޒިންމާ އަދާނުކުރެވުމަށްކަމުގައި އީސަ ވިދާޅުވިއެވެ. މިފަދައިން ހަރަކާތް ހުއްޓުވުމަށް މަސައްކަތް ނުކޮށް ގައުމުގެ މިނިވަންކަމަށް ބުރޫއަރައިފި ނަމަވެސް އިދިކޮޅުން ކުށްވެރިކުރާނީ ރައީސުލްޖުމްހުރިއްޔާކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އީސަ ވިދާޅުވީ ގައުމުތަކާއި އޮތް ދޭދޭ ގުޅުމެއްގެ ސަބަބުން ނުވަތަ ޓްރެއިނިންގެ އެއް ދިނުމަށްޓަކައި އެހެން ގައުމެއް ސިފައިން ރާއްޖޭގައި ތިބުމަކީ އޭނާއަށް ފެނިލައްވާ ގޮތުގައި މިނިވަންކަމަށް ބުރޫއަރާނެ ސަބަބެއް ނޫންކަމުގައެވެ. އަދި ރައީސް ޔާމީން ފާހަގަކުރައްވާ ފަދައިން މިލިޓްރީން ސިފައިން ނެތްކަމަށާއި މިލިޓްރީ ސިފައިންކަމުގައި ކަނޑައެޅޭނީ ހަތިޔާރާއިއެއްކޮށް ތުބުމުންކަމުގައި އޭނާ ވިދާޅުވިއެވެ. އެހެން ގައުމެއްގެ އަސްކަރީ ބޭސްއެއް ގައުމެއްގައި އޮތުމުގެ ސަބަބުން ގައުމެއްގެ މިނިވަންކަން ގެއްލެނީނަމަ އެހެން ބައިވަރު ގައުމުތައް އެބަ ހުންނެވިކަމުގައި އޭނާ ފަހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: