ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ވެސް ޓްވިިޓާ އަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ސިޔާސީ ބޭފުޅުން އެންމެ ގަދައަށް ހިޔާލުފާޅުކުރައްވަމުން ގެންދަވާ ސޯސަލް މީޑިއާ ޕްލެޓްފޯމް ކަމުގައިވާ ޓްވިޓާ އާ ގުޅިވަޑައިގެންފިއެވެ.

ރައީސް ޔާމީން ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވާފައިވަނީ ރޭގަައެވެ.

ބިސްމިނުގެ ބަރަކާތުން ފެއްޓެވުމަށްފަހު އެމަނިކުފާނު ވަނީ  ދިވެހި ދިހައެއްގެ ފޮޓޯއާ އެކު ”ދިވެއްސަކަށް ވީތީ ފަހުރުވެރިވާ“ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މިހާތަނަށް ރައީސް ޔާމީންގެ ޓްވިޓަރ އެކައުންޓް ފޮލޯ ކުރައްވާފައިވަނީ 4،217 މީހުންނެވެ. ނަމަވެސް ރައީސް ޔާމީން ފޮލޯ ކުރައްވަނީ އެންމެ ފަރާތެކެވެ. އެއީ ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓެވެ.

މީގެ ކުރިން ދުވަހަކުވެސް ޓްވިޓަރ ބޭނުން ކުރައްވާފައި ނުވާއިރު، ރައީސް ޔާމީން ޓްވިޓަރ އާއި ގުޅިވަޑައިގެންފައިވަނީ އިންޑިއާ އައުޓް ކެމްޕޭންގެ ފޯރި ގަދަވެފައިވާ ދުވަސްވަރެއްގައެވެ.

ދިވެހި ރާއްޖޭގައި ސިޔާސީ ގޮތުން ފުންނާބު އުސްބޭފުޅުން ގެންދަވަނީ ޓްވިޓަރ ބޭނުން ކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުންނާއި މިހާރުގެ ރައީސުން ނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: