ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ރެއި ހިގައިދިޔަ މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ރެއި ހިގައިދިޔަ މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ހުޅުޟާލޭގައި ރޭގަ ވަގުތެއްގައި ވަނީ ދެ މާރާމާރީއެއް ހިގައިފައެވެ.

އެގޮތުން ފުރަތަމަ މާރާމާރީ ހިގާފައި ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ލަޔަރ ރެސްޓޯރެންޓާއި ކައިރިންނެެވެ. ފުލުހުންނާއި ހަމައަށް މި މާރާމާރީ ރިޕޯޓު ކޮށްފައިވަނީ 9 ޖަހާ އެހާކަށް ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ.

ދެވަނަ މާރާމާރީ ހިންގާފައި ވަނީ ދެވަނަ ފިޔަވަހީގެ ބްރިޖު ކައިރީއެވެ. މިމާރާމާރީގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ 21:32 ކަންހާއިރުއެވެ. މާރާމާރީގައި ދެމީހަކަށް އަނިޔާ ވެފައިވާ ކަމަށާއި މިދެމީހުންނަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ ހާއްސަ ޔުނިޓް، ސްޕެޝަލް އޮޕަރޭޝަން ޔުނިޓް (އެސްއޯ) ފުލުހުންގެ ފައުޖެއް ރަޔަޓް ގިއަރުގައި ފޭސް ދޭއްގެ ފްލެޓަކަށް ވަނީ ވަދެފައެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި ހިންގި މާރާމާރީތަކާއި ގުޅުން ހުރި ކަމުގެ ތުހުމަތު ކުރެވޭ ފަސް މީހަކު ހުޅުމާލެ ފޭސް ދޭއްއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ބައެއް މީހުން ބުނާ ގޮތުގައި މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި މާރާމާރީއަކީ ފުރަތަމަ މާރާމާރީ އާއި ގުޅިގެން ދިން ބަދަލު ހިފުމުގެ ހަމަލާއެކެވެ. ރޭގައި ހިގައިދިޔަ މާރާމާރީތަކަކީ ދާދި ފަހުން ހެންވޭރުގައި ހިގައިދިޔައި މާރާމާރީއާއި ގުޅިފައިވާ މާރާމާރީތަކެއް ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި މާރާމާރީގައި ހަމަލާ ދީފައިވާ ފަރާތަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންކަންވެސް ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: