ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި މީހާގެ ސާޖަރީއެއް ހަދަން ތައްޔާރުވަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މާއުނގޫދޫގައި ބަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި މީހާގެ ހާލު ސީރިއަސް ކަމަށާއި، އޭނާގެ ސާޖަރީއެއް ހަދަން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.

މާއުނގޫދޫގައި މާރާމަރީ ހިންގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ކަމަށް ބެލެވޭ މި މާރާމާރީގައި ދެ މީހަކަށް ޒަހަމްތަކެއް ލިބުނުއިރު، ބަނޑަށް ވަޅި ހެރި 31 ޒުވާނާއަށް ކުޅުދުއްފުށި ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ

ފުލުހުން ބުނީ ށ މާއުނގޫދޫގައި ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާދިން ކަމުގެ މައުލޫމާތު ރޭ ފަތިހު 4 ޖެހިއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ފުލުހުންދަނީ  ތަހުގީގް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: