ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތީގެ މައްސަލާގައި ބޭބެގެ ބޮލަށް ވަޅިން ހަމަލާދިން މައްސަލަ ތަހުޤީގު ކުރަނީ!

ސްކޫލްތަށް ހުޅުވުމާއެކު ޓްރެފިކަށް ބަދަލު ގެނެސް ފުލުހުންގެ ދައުރު ފުޅާ ކުރަނީ--- ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯތީގެ މައްސަލައެއްގައި ހިނގި ދެބަސްވުމެއްގެ ތެރޭ އަންހެން ކޮއްކޮ، ބޭބެގެ ބޮލަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލަ ފުލުހުން ތަހުޤީގު ކުރަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، ގެއެއްގެ ތެރެގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ފުލުހުންނަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެ ހަމަނުޖެހުން ހިނގީ އާއިލާއެއްގެ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިންކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، އެ ހަމަނުޖެހުމުގައި އެއްޗަކުން ބޮލުގައި ޖެހުމުގެ ސަބަބުން އެ ފިރިހެން މީހާގެ ބޮލަށް ވަނީ އަނިޔާލިބިފައެވެ.އަދި  އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

”ސަންގު” އަށް އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ މާފަންނު ހެޕީ ލައިފް ކިޔާ ގެއެއްގައެވެ.

ސޯޝަލްމީޑިއާގައި މި ހަމަނުޖެހުމުގެ ވީޑިއޯއެއް ރޭގެ ވަގުތެއްގައިވަނީ ދައުރުވާން ފަށައިފައެވެ. އެ ވީޑިއޯގައި، ގްރައުންޑް ފްލޯގައި ހުރި ގެއެއްގެ ތެރޭގައި ދެ އަންހެނުންނާއި ފިރިހެނަކު ހަޑި ހުތުރުބަހުން ޒުވާބު ކުރާ މަންޒަރު ފެނެއެވެ. އަދި ޒުވާބު ހޫނުވުމަށް ފަހު، އަންހެން މީހާ ވަޅިން ހަމަލާ ދޭން މަސައްކަތް ކުރަން ފެށުމުން އޭނާ ހުއްޓުވަން އެއްބަނޑު އެއްބަފާ ބޭބެކަމަށް ބުނާ މީހާގެ އިތުރުން އެތަނުގައި ހުރި ޒުވާން ފިރިހެނަކު ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އަންހެން މީހާ ވަޅި ހޫރުވަމުން ހޫރުވަމުން ގޮސް ފިރިހެން މީހާއަށް ހަމައަށް ދިނެވެ. އޭނާގެ ބޯ ޒަހަމްވެ، ބޮލުން ލޭ ފައިބަމުން ދިޔަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް އަންހެނަކު ފިިރިހެނަކަށް ވަޅިން ހަމަލާދިން ،މައްސަލައެއްވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ މައްސަލާގައި މީހަކު ހައްޔަރުކޮށަފައެއްވެސް ނުވއެވެެ. އަދި އެ މައްސަލައާއި ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއްވެސް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: