ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާއަށް ފަނޑު ކުރި މީހުން ނުހޯދޭތީ އެމްޑީޕީގެ ކަންބޮޑުވުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ /.ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުތައް ފުރިހަމަކޮށް، މިމައްސަލައިގައި އުފުލޭ ދައުވާތަކަށް އަވަސް މުސްތަގުބަލެއްގައި ފިޔަފަޅުއަޅައި ދިނުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ.

ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އެެއް އަހަރު ވެފައިވާތީ އާއްމު ކުރި ބަޔާނެއްގައި އެމްޑީޕީން ބުނީ މިއީ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ވަރު އަންގައިދޭ “އިންޒާރުގެ ރަނގަބީލެއް” ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މައްސަލައިގެ ތަހުގީގުތ ފުރިހަމަކޮށް، ކުށްވެރި ވާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. އަދި މި ހަމަލާއަކީ ދުރާލާ ރާވައިގެން ބަޔަކު ހިންގި އަމަލެއްގެ ގޮތުގައި ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ފުރިހަމަ ތަހުގީގުކޮށްގެން ނޫނީ މިފަދަ އަމަލުތައް ތަކުރާރުވުން ނުހުއްޓުވޭނެ ކަމަށާއި ގައުމަށް ލޯބިކުރާ އެއްވެސް ފަރާތަކުން ނޭދޭނެ ފަދަ މި އަމަލުން ދިވެހި ރާއްޖޭގެ އަމާންކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.

މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުޤީޤު ފުރިހަމަކުރުމަށް ގޮވާލައި ނެރޭ ނޫސްބަޔާން

ރައީސް ނަޝީދަށް ހަމަލާދިނީ، ދީނީ ހަރުކަށި ވިސްނުންތަކެއްގެ ދަށުން ކަން، އެ މައްސަލައާއި ގުޅުން ހުރި ތަހުގީގުތަކުން ސާފުވާކަމަށް އިޝާރާތްކޮށް އެމްޑީޕީން ބުނީ، މި އަމަލުގެ ފަހަތުގައި ތިބި ބަޔަކު ހޯދިފައި ނުވާތީ އެކަމާއި ކަންބޮޑުވާކަމަށެވެ. އަދި ހަމަލާއަށް ފަނޑުކޮށް ވާގިވެރިވި ފަރާތްތަކާއި މެދު ތަހުގީގުކޮށް، މައްސަލައިގައި އަވަސް ނަތީޖާއެއް ނެރެވޭނެ ފަދަ އިންތިޒާމު ތަކެއް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

ދިވެހި ރާއްޖެއިން ހަރުކަށި ވިސްނުންތައް ނައްތާލުމަށް ދައުލަތުގެ އިދާރާތަކުން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކޮށް އެމްޑީޕީއިން ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ނުރައްކާތެރިކަން އަދި ބިރުވެރިކަން އިންގިހުރެ ސަލާމަތީ ބާރުތަކުން އަޅައިފައިވާ ފިޔަވަޅުތަކާއި މެދު އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ސިޔާސީ މަގުސަދެއްގައި އެމަނިކުފާނުގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

މީގެއިތުރުން ހަމާލައަށް ފަހު ރައީސް ނަޝީދުގެ ސަލާމަތީ ކަން ކަން ވަރުގަދަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް މަރުހަބާ ކިޔައި ބުނެފައިވަނީ އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރެއްވިކަމަށްޓަކައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރާކަމަށެވެ. އަދި މިކަމަކަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބިގެންދިޔަ ނަސްރެއްކަމުގައި ދެކޭ ކަމަށާއި ލިބިވަޑައިގެންނެވި އަނިޔާތަކުން އަރައިގެންނެވުމަށް ކުރެއްވި ހިއްވަރާއި މެދު ޕާޓީއިން ފަހުރުވެރިވާ ކަމަށެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: