ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުތައް އާލާ ކުރުމަށް 54 މިލިއަން ރުފިޔާ ވަނީ ފަންޑު ކުރެވިފަ: ނައީމް

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ނައީމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރުތަށް އާލާ ކުރުމަށް ރެސްޓޮރޭޝަން ފަންޑުގެ ނަމުގައި 54 މިލިއަން ރުފިޔާ ވަނީ ފަންޑުކުރެވިފައިކަމުގައި އެންވައިރޮންމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ (އީޕީއޭ) ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ހާމަކުރައްވައިފިއެވެ.

ނައިމް މިހެން ވިދާޅުވީ ސަންގު ޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ތިމާވެއްޓާއި ބެހޭ ކަންތައްތަކުގެ ބެލެނިވެރި އިދާރާކަމުގައިވާ އީޕީއޭއިން އަންނަނީ ރާއްޖޭގެ ތިމާވެއްޓާއި ބެހޭ މައްސަލަތައް ފުޅާ ދާއިރާއެއްގައި ބަލަމުންނެވެ. މިގޮތުން ފަރުތަކަށް ލިބޭ ގެއްލުންތަކަށް ވަކި ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބަލަމުން އަންނަކަމުގައި ފާހަގަ ކޮށްލެވެއެވެ.

ނައީމް ވިދާޅުވީ ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން މިފަދަ ކަންތައްތައް ހިގާ ފަރާތްތަކުގެ އަތުން ޖޫރިމަނާ ނެގޭކަމުގައެވެ. އާންމު ގޮތެއްގައި މިފަދަ ކަންކަން ހިގުމަށް މެދުވެރިވަނީ ގަސްތުގައި ކުރާކަމެއްގެ ސަބަބުން ނޫންކަމަށާއި، ބަލަންވާ މިންވަރަށް ނުބަލައި ސަމާލުކަން ނުދެވޭތީކަމުގައި ނައީމް ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުގެ ސަބަބުން ޖޫރިމަނާ ގޮތުގައި ނެގޭ ފައިސާ މިހާރު މި ކަންކަމަށް ހަރަދު ކުރުމަށް ކަނޑައަޅާފައިކަމަށް ނައީމް ވިދާޅުވިއެވެ.

މިގޮތުން ރަސްބަރީ ފަރަށް ދާދި ފަހުން ލިބިގެން ދިޔަ ގެއްލުން ފާހަގަކޮށް ނައީމް ވިދާޅުވީ، ރަސްބަރީ ފަރު އިޔާދަ ކުރުމަށްޓަކައި އެފަރުގައި މުރަކަ އިންދުމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި މިހާރު އެބޭފުޅުން ކުރައްވާ މަސައްކަތަކީ ރިސްޓޯރޭޝަން ޓްރަސްޓް ފަންޑުގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުންކަމުގައި ނައީމް ވިދާޅުވިއެވެ. އަދި މިއަށްފަހު ވޯކްޕްލޭން އާއި އެއްގޮތަށް ކަންތައްތައް ކުރުމަށް އެ ބޯޑުން ފާސްކުރައްވާނެކަމަށާއި، ދެން އެއަށް ބޭނުންވާ ވަސީލަތްތަށް ހޯދާ ފަރު ރިސްޓޯ ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމުގައި ވިދާޅުވިއެވެ. ސަރުކާރުން މިކަމަށް ބޭނުންވާ ބަޖެޓުވެސް އޮތީ ދެއްވާފައިކަމުގައިވެސް ނައީމް ފާހަގަކުރެއްވިއެވެ.

ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާގެ އެއް ބައި ހަރަދު ކުރާނީ ފަރުތަކަށް ލިބޭ ގެއްލުތައް އަލުން އަބުރާ އިޠާދަ ކުރެއްވުމަށްކަމަށާއި، ބާކީ ފައިސާ ވަންނާނީ ދައުލަތުގެ ބަޖެޓަށްކަމުގައި ނައީމް ވިދާޅުވިއެވެ.

ތިމާވެއްޓަށް ގެއްލުވާނެފަދައިން ހިގާ ކޮންމެ ހާދިސާއަކުވެސް ރިސްޓޯރޭޝަންއަށް އެކަށޭނެ މިންވަރެއް ކުރިއަށް އޮތްތާގައި މި ލިބޭ ފައިސާއިން ވިސްނާކަމުގައި ނައީމް ވިދާޅުވިއެވެ. ގާނޫނުގައި މިފަދަ ޖޫރިމަނާގެ ފައިސާއާއި މެދު އަމަލު ކުރަން ޖެހޭނެ ވަކި ގޮތެއް ނޯންނަކަމަށާއި، ޖޫރިމަނާގެ ފައިސާ ވަދެގެން ދަނި ސަރުކާރުގެ މައި ބަޖެޓަށްކަމުގައި ނައީމް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. އަދި ރިސްޓޯ ކުރުމުގެ މަސައްކަތް ކުރުމަށް ކުރީގައި އެފައިސާއިން ނުލިބޭކަމުގައި ފާހަގަކޮށް ނައީމް ވިދާޅުވީ ނަމަވެސް ފަހުން ހިގައި ދިޔަ ހާދިސާތަކަށް ބޮޑު މިންވަރެއް ދެއްވާފައި އެބަ އޮންނެވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: