ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާތް ވިޔަސް އަޅަންޖެހޭ ފިޔަވަޅު އަޅާނަން: ޔާމިން

އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލާ ށ. ފުނަދޫގައި ކުރިޔަށްދާ ހަރަކާތުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާތް މީހަކަށް ވިޔަސް ދައުލަތައް ގެއްލުންތަކެއް ދެމުންދާނަމަ އެކަމެއް ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީ އެވަގުތު ދައުލަތުގައި ހުންނެވި ވެރިއެއްގެ ޒިންމާއެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ އަންހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީއަށް ވާދަކުރަށް ޕީޕީއެމްގެ ކެނޑިޑޭޓް ފަތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ގާތް މީހަކަށް ފިޔަވަޅުތަކެއް އެޅުމުން އެނާ ވަރުގެ ގޯސް މީހެއް ނުހުންނާނެ ކަމަށްވީ ނަމަވެސް އަޅުއްވާނެކަމަށެވެ. އަދި ރައީސް މައުމޫނަށް އިޝާރާތް ކުރަށްވާ އެނާ ވިދާޅުވީ މައުމޫނަށް ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަތީ އެނާގެ ހައްގަކަށް އަރައިގަތުމަކުން ނޫންކަމަށާއި ދައުލަތުގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓު ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެށްވުމުންކަން ފާހަގަކުރަށްވާ ޔާމިން ވިދާޅުވީ ދައުލަތް ހަލާކުކޮށްލަން މަސައްކަތްކުރެށްވުމުގެ މޭސްތިރިއަކަށް މައުމޫން ހުންނެވި ނަމަވެސް އޭނާގެ މައްޗަށް ފިޔަވަޅު އަޅުއްވަން ނިންމެވީ ޔާމިން ނޫންކަމަށެވެ. ނަމަވެސް އެފަދައިން ފިޔަވަޅު އެޅުމަކީ ދައުލަތުގެ ވެރިއެއްގެ ޒިންމާއެއްކަމަށްވެސް އެނާ ވަނީ ފާހަގަ ކުރަށްވާފައިއެވެ.

ރައީސް މައުމޫން ޖަލަށްލުމުގައި ކަންކަން ހިނގައިދިއަ ގޮތް ރައްޔިތުންނަށް ސާފުކޮށްދެއްވަމުން ޔާމިން ވިދާޅުވީ ދައުލަތް ވައްޓާލަން މަސައްކަތް ކުރެށްވުމުގެ ސަަބަބުން މައުމޫނު ހައްޔަރު ކުރަަން ނިންމެވީ މުހިއްމު ދާއިރާތަކުގެ ވަޒީރުންނާއި ޗީފް އޮފް ޑިފެންސް އަދި ވައިސް ޗީފް ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ނިންމުމެއްގެ ދަށުން ކަމަށެވެ. އަދި އިސްވެ މައްސަލަ ހުށައަޅާފައި ނުވާނެކަމަށްވެސް އެނާ ވަނީ ފާހަގަ ކުރަށްވާފައިއެވެ.

ގާތް މީހަކަށް ނަމަވެސް ގައުމަށް ގެއްލުންތަކެއް ދިނުމަށް މަސައްކަތްތަކެއް ކުރަމުން ދާނަމަ ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަން ފާހަގަކުރަށްވާ ޔާމިން ވިދާޅުވީ، މޭޖާރ ޖެނަރަލް ޝާމާލް އަކީވެސް އެނާއަށް ބޮޑުބޭބެ ކިޔާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ގާނޫނާއި ހިލާފު އަމަލުތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރަށްވާ މީހަކަަށް ހާލަތު ބަދަލުވެގެން ދިއުމުން ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޔާމިން ވަނީ ވިދާޅުވެލައްވާފައިއެވެ.

އިންޑީއާ ސިފައިން ދިވެހިރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގަމުންދާ ކެމްޕެއިންތައް ހުއްޓުވަމަކަށް ގެނައުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރަށްވާ ނެރުއްވާފައިވާ ގަރާރާއި މެދު ވާހަކަ ދައްކަވަމުން ޔާމިންވަނީ ގެނަރަލް ޝާމާލް އަދީ އެކުގައި މަސައްކަތް ކުރަށްވާ ޖެނަރަލުންން އަބަދުވެސް ތިއްބަވަނީ “ވަޒީފާގެ ދަހިވެތިކަމުގައި” ޖެހިފައިތޯ ސުވާލުކުރަށްވާފައިއެވެ. އަދި އަބަދު މަގާމުގައި ނުތިބެވޭނެ ކަމަށް ފާހަގަ ކުރަށްވާ ޔާމިން ވިދާޅުވީ ގާނޫނާއި ހިލާފަށް ރައީސުލް ޖުމުހޫރިއްޔާ ނެރުއްވައިފި ނިމަ އެފަދަ އަމަލެއް ތަންފީޒު ކުރަން މަސައްކަތް ނުކުރަން އިލްތިމާޒް ކުރަށްވާ ކަމަށެވެ.

ރައީސުލް ޖުމުހޫރިއްޔާއަށް ގަރާރެއްގެ ތެރެއިން ގާނޫނެއް ނުހެދޭނެކަމަށް އިޝާރާތްކުރަށްވާ ޔާމިން ވިދާޅޫވީ މިހާރުގެ ބަންޑާރަނައިބުގެ ލަފާ މިފަދަ ގަރާރެއް ނެރުއްވާއިރު އޮންނަވާނެ ކަމަށް ގަބޫލުކުރަށްވާތީ، ޖަވާބުދާރީ ކުރުވަން ޕީޕީއެމްގެ ފަރާތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ބޭނުންނަމަ އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން އެކަން ފާސްކުރަން އިލްތިމާޒްކުރާ ކަމަށެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ ސިފައިންނާއި ފުލުހުން އަމަލު ކުރަން ޖެހޭނީ ގާނޫނާއި އެއްގޮތް ވާ ގޮތުގެ މަތިން ލިބޭ އަމުރުތަކަށް ކަމަށެވެ. އަދި ގާނޫނުގެ ދަށުން އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ނެރިފައިވާ ގަރާރަކީ އެއްވެސް ބާރެއް އޮތް އެއްޗެއް ނޫން ކަމަށް އެނާ ވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: