ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަސް ނިމުނުތާ ދެ ހަފްތާ، ކަދުރު ބެހުމުގެ އުސޫލު އާއްމުކޮށްފި

ސައުދީން މިދިޔަ އަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

1443 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ބެހުމަށް ހަދިޔާ ކޮށްފައިވާ 50 ޓަނު ކަދުރު ބެހުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން އާއްމުކޮށްފި އެވެ.

ބައެއް ދަތިތަކެއް ދިމާވުމުގެ ސަބަބުން މި އަހަރުގެ ރޯދަ މަހާއި ދިމާކޮށް ސައުދީން ހަދިޔާ ކުރި ކަދުރު ރާއްޖެ ލިބިފައި ވަނީ ރޯދަ މަސް ނިމުނުތާ ދެ ހަފްތާ ފަހުންނެވެ. ތަފާތު އެކި ތާރީހުތައް ދީ، ފަހު ދިހައެއްގައި ލިބޭނެކަމަށް ލަފާ ކުރި ކަދުރު ރާއްޖެ ލިބުން ލަސްވި ސަބަބެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ، ޝިޕް ކުރުމުގައި ދިމާވި ގޮންޖެހުންތަކެވެ.

50 ޓަނުގެ ކަދުރު ރާއްޖެ ލިބިފައިވާކަން ފާހަގަކޮށް މިއަދު އިސްލާމިކް މިނިސްޓްރީން ބުނީ، މާލެ ސިޓީ އާއި ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭގޮތަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީތަކިގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަދުރު ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މި އަހަރު އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ އުސޫލުންނެވެ. އަދި ފަގީރުންގެ ގޭބިސީތަކުގެ ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ސައުދީ އަރަބިއްޔާއިން މި އަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީ އަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ އެ ރަށެއްގެ ރަށު ކައުންސިލާއި އަތޮޅު އަދި ސިޓީ ކައުންސިލް މެދުވެރިކޮށެވެ.

ސައުދީ އިން ހަދިޔާ ކުރެއްވި ކަދުރު ބަހާނީ 16 މެއި ވި ހޯމަ ދުވަހުން ފެށިގެން 31 މެއި 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1 ޖެހުމާއި ހަމައަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: