ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭދޮށު މަސް ފެކްޓްރީން އިގްތިސާދަށް ނަފާވާގޮތަށް މަސް ދަޅުގައި ބަންދު ކުރެވިދާނެ: ޑރ. ހުސެއިން

ފިޝަރީސް މިނިސްޓަރ ޑރ ހުސައިން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭދޮށު މަސްފެކްޓްރީއެއްގައި މަހުގެ ތަފާތު އުފެއްދުންތައް އުފެއްދިދާނެ ކަމުގައި މިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ނަފާ ހޯދައިދިނުމުގެ ގޮތުން، އެކުލަވާލި ގޭ ދޮށު މަސް ފެކްޓްރީގެ ސިޔާސަތަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. ރަށުގައި ހުރެގެން ރަނގަޅު އާމްދަނީ އެއް ލިބޭނެ މަގު ހޯދައިދޭން، އެކުލަވާލި މި ސިޔާސަތުން މިހާތަނަށް މާބޮޑު މަންފާއެއް ލިބިފައި ނުވާތީ އެމްޑީޕީގެ އެތެރެއިން ވެސް ސަރުކާރަށް ފާޑުކިއުން އަމާޒުވެ އެވެ.

މަހުން ރަނގަޅު ނަފާއެއް މަސްވެރިންނަށް ހޯދައި ދިނުމަށް އެންމެ ފުރަތަމަ ގޭދޮށު މަސް ފެކްޓްރީ އެޅުމަށް ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީ ހިމެނެ އެވެ. ހިތަދޫގައި 2020 ގައި ގޭދޮށު މަސް ޕްލާންޓު އެޅުމަށް ސޮއިކޮށް، އެ މަސައްކަތް ކުރިޔަށް ނުދާތީ އައު އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް އެ މަޝްރޫއުގެ ވެސް މާބޮޑު ތަފްސީލެއް މިހާތަނަށް ލިބިފައި ނުވެ އެވެ.

ޖުމްލަ ގޮތެއްގައި މަޝްރޫއު ހިންގުމަށް ރޭވިފައިވާ ގޮތް މާބޮޑަށް ސާފު ނުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހުސެއިން ވިދާޅުވީ މަޝްރޫއު ހިންގަން މަހުގެ ހަމަ އަގަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށެވެ.

ޑރ. ހުސެއިން ވިދާޅުވީ ބައެއް ރަށްތަކުގައި އިގްތިސާދަށް ނަފާވާގޮތަށް މަސްދަޅުގައި ބަންދުކުރާ ކާރުހާނާ އުފެއްދިދާނެ ކަމަށެވެ. އަދި އެ ވާން ޖެހޭނީ އާންމު މާކެޓްގައި ވިއްކާ ދަޅުމަހަށް ވާދަ ކުރެވޭ ގޮތަށް އުފައްދާ ޝްޕެޝަލައިޒިޑް ޕްރޮޑެއްޓެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގޭދޮށު މަސްޕްލާންޓް ނުވަތަ މަސްފެކްޓްރީ އަކީ އެރަށެއްގެ މީހުންނަށް ނަފާވާ ގޮތަށް އުފެއްދުމެއް އުފައްދައި މާކެޓަކަށް ވިކޭ އެއްޗެއް އުފެއްދުން ކަމަށާއި އެ ކަން ބިނާވެފައި އޮންނާނީ އެރަށާއި އެރަށަކަށް ލިބޭ މަހާއި މާކެޓްގެ ބޭނުންތަކަށް ބަލައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: