ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ ގަސްތުގައި ރާވައިގެން މަޖިލިސް ހިސޯރުކޮށްފައި: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވަނީ ގަސްތުގައި މަޖިލިސް ހިސޯރުކޮށްފައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޕީޕީއެމްގެ އާއި ޕީއެންސީ ގުޅިގެން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައިވަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ހިންގަމުންދާ ހަޑިހުތުރު އަމަލެއް ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ބޭއްވުނު ތިން ޖަލްސާ ވެސް ކުރާނެ މަސައްކަތެއް ނެތިގެން ގޮސްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އޭނާ އިތުރަށް ހާމަ ކުރެއްވި  ގޮތުގައި މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައްވެސް ފަހަކަށް އައިސް ކުރާނެ މަސައްކަތެއް ނެތުމުގެ ސަބަބުން ވަނީ އަވަހަށް ނިންމާލާފައިކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުން އެގޮތަށް ކަންތައް ކުރި ނަމަވެސް އޮޕޮޒިޝަންގެ ޕީޖީ ގްރޫޕްގެ އަޑު ސަރުކާރަށް އިއްވަމުން ގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގައި އެކަމަށް ފުރުސަތު ފަހިކުރަމުންގެންދާނެ ކަމުގައި ހާމަކުރެއްވިއެވެ.

އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ސަރުކާރުގެ ތެރެއިން ރޭވިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ. އެހެން ކަމުން އެކަން ހައްލުކުރުމަށް އެހެން މަގުތަކެއް ކޮށިގެން ދާނެ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޒައާމަތުގައި މަޖިލިސް ފެށިއިރު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހަކީ ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ގާނޫނު އަސާސީއިން ލާޒިމް ކުރާ ކަންތައް ފުރިހަމަ އަށް ކުރާ ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރެއްވިތަން ވަނީ ފެނިގެން ގޮސްފައި ކަމަށް އާަދަމް ޝަރީފް ވިދާާޅުވިއެވެ.

ނަމަވެސް އޭރު ސަރުކާރުގެ އަމާޒަކަށް ވެފައިވީ ބާރުތައް އެއްކޮށްލައިގެން ވެރިކަން ކުރުން ކަމަށް ހެދުމުން ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށް އާދަމް ޝަރީފްގެ ވާހަކައިގައި ވިދާޅުވިއެވެ. ރައީސް ނަޝީދަށް ދެވުނު އުދުވާނީ ހަމަލާގެ ވާހަކަ ވިދާޅުވެ މިއަދު ސަރުކާރުން ވަނީ މަޖިލީހުގެ ބާރުކަނޑުވާލާފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ދާކަމުގައި މަޖިލީހުގެ ރިޔާސަތުން ދެންނެވި ނަމަވެސް ބޮޑު ހަރަދު ކޮށްފައި ޒިންމާދާރު މަގާމް ތަކަކަށް ދާއިރާ ތަކުން އައްޔަން ކުރެވިގެން ތިބޭއިރު، އެމަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ހަލުވި ކުރަން ޖެހޭ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮމިޓީތަކުގެ މަސައްކަތް ކުރުމުގައި އެންމެ އެކަށީގެންވާ ނަތީޖާ ނެރެވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޕާފޯމެންސް އޮޑިޓެއް ހެދުމަށް ހުށައެޅުއްވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވަނީ މަޖިލީހުގައި ކުރެވޭ މަސައްކަތުގެ ނަތީޖާ ނެރުން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅުން ހުރި އެތަކެއް މައްސަލަ އެއް ކޮމިޓީތަކަށް ހުށައެޅި ގިނަ ދުވަސް ވެފައިވާ ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުގައި ހިޔާފްލެޓްގެ ކުލި ކުޑަކުރުމަށް ގޮވާލާ މަޖިލީހަށް ހުށައެޅުނު ޕެޓިޝަންގެ ވާހަކަ ވިދާޅުވިއެވެ. އެކަންތައް ތަކަކީ ޖަވާބު ބޭނުންވާ ކަންބޮޑުވުން ހުރި މައްސަލަތައް ކަމުގައި އާދަމް ޝަރީފްގެ ވާހަކައިގައި ހާމަކުރެއްވިއެވެ. ނަމަވެސް އެކަންކަން ކުރިއަށް ނުދާ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަންހެނުންނަށް ލިބޭ ގެއްލުންތަކާއި އެކަމާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ނުބެލިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ދެ ފެކްޝަނުން ސަރުކާރުގެ މުދަލާއި ވަސީލަތްތައް އިންތިހާ ދަރަޖައަށް ބޭނުންކުރެވި ނަހަމަ ގޮތުގައި ސަރުކާރުން ދައުލަތުގެ މުދާ ބޭނުން ކުރި މައްސަލަ، މަޖިލީހުން ބެލުމަށް އެދުނު ނަމަވެސް އެކަން ސީރިއަސް ކަމާއެކު ކުރިއަށް ނުދާ ކަމުގައި އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ގާނޫނޫ އަސާސީއިން ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން  ދެއްވަންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކުޑަވެ އެމަނިކުފާނަށް ވަނީ ނުރައްކާތަކެއް ކުރިމަތިވެފައެވެ.

ރައީސް ޔާމީނަށް އިންޒާރުދިން މައްސަލައެއް މަޖިލީހަށް ހުށައެޅި ނަމަވެސް އެމައްސަލަ އަކީ ހައްސާސް މައްސަލައެއްގެ ގޮތުގައި ބެލިގެން ނުދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ސަރުކާރުން ބޭނުންވާ އަމާޒަކަށް ކަމުގައި އާދަމް ޝަރީފް ސިފަކުރެއްވިއެވެ.

ގާނޫނު އަސާސީ އިން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ގަރާރަކުން ވަނީ ހަނިކުރެވިގެން ގޮސްފައި ކަމަށާއި ރައީސް ސާލިހުގެ އެންގުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ކުރަމުން ދާ ކަމީ ރާއްޖޭގައި މިވަގުތު ހިނގަމުންދާ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަންކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ އެއްގައި ރައްޔިތުންނަށް ލިބިދީފައިވާ އެންމެ ބޮޑު އެއް ހައްގު ކަމުގައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަތުން ކަމުގައި އާދަމް ޝަރީފް ވިދާލުވިއެވެ.

ވުމާއެކު ޕީޕީއެމް އަދި ޕީއެންސީ ގެ ފަރާތުން ވާދަވެރި އިދިކޮޅު ޕާޓީ އެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ފަރާތުން ދައްކަންޖެހޭ ވާހަކަ އެއްވެސް މާހައުލެއްގައި ނުދެއްކޭނެ ގޮތަށް ސަރުކާރުން ހަދާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: