ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރާއްޖޭގެ ބިން ދެގުނައަށް ބޮޑުކުރަން ޖެހޭ: އާޒިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕްލޭނިން މިނިސްޓަަރު މުހައްމަދު އަސްލަމް އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ބިން މިހާރު ހުރިވަރަށްވުރެން ދެގުނައަށް ބޮޑުކޮށްގެން ނޫނީ ކުރިމަގުގައި ރައްޔިތުންނަށް ބޭނުންވާނެ ބިން ނުދެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ 2021 ވަނަ އަހަރުގެ އާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި އާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށެއްގެ ބިން ބޮޑުކުރަން ޖެހިފައިވާކަމަށެވެ. އަދި ރާއްޖޭގެ އާބާދީ ބޮޑުވަމުންދާ މިންގަނޑަށް ބަލާނަމަ މިފަދަ މަސައްކަތްތައް ހުރިހާ ރަށެއްގައި ވެސް ކޮންމެ ތިން އަހަރަކުން ކުރަންޖެހިދާނެ ފާހަގަކުރަށްވާ އާޒިމް ވިދާޅުވީ އެހެންކަމުން މުސްތަގުބަލުގައި ދިވެހި ރައްޔިތުންނަށް ބިމުގެ ދަތިކަން ކުރިމަތި ނުވާނެ ފަދައިން ކަންކަން ކުރަން މިހާރު ބިންހުރި ވަރުގެ ދެގުނައަށް ބިން ހިއްކަން ޖެހޭނެކަމަށް އެނާ ވަނީ ވިދާޅުވެފައިއެވެ.

އެމްޓީސީސީއަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށް އިޝާރާތްކުރަށްވާ އާޒިމް ވިދާޅުވީ، އެންމެހާ ދިވެހި ކުންފުނިތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކޮށް އިހްތިރާމް ލިބިގެންދާފަދަ ކުންފުނިތަކަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތްކުރަށްވަމުން ދާކަމަށާއި އެހެންކަމުން ރައީސް ސޯލިހު އަމާޒުކުރަށްވާފައިވާ ގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް އެނާ ފުރިހަމައަށް އެެއްބާރުލުން ދެއްވާނެކަމަށްވެސް އާޒިމްވަނީ ވިދާޅުވެފައިއެވެ. އެހެންކަމުން އެމްޓީސީސީގައި މިވަގުތު 100 ޕްރޮޖެކްޓް އެވަގުތެއްގައި ކުރިއަށް ގެންދިއުމުގެ ކެޕޭސިޓީ ހުރިކަމަށް އިޝާރާތް ކުރަށްވާ އާޒިމް ވިދާޅުވީ ރިކްލެމޭޝަންގެ މަސައްކަތަކީ އެމްޓީސީސީން ހިންގަމުންދާ އެންމެ ބޮޑު ވިޔަފާރިއަށްވުމުން ކުރިމަގުގައި އެ ކުންފުނި އިތުރަށް ހަރުދަނާކޮށް ބޭރު ފަރާތްތަކުން އައިސް ރާއްޖޭގައި ބިން ހިއްކުން ފަދަ މަސައްކަތްތައް ކުރަން ނުޖެހޭނެފަދަ ގޮތަކަށް އަމާޒު ކުރަށްވާ މަސައްކަތްކުރަށްވަމުން ދާކަމަށެވެ.

ދިވެހިރާއްޖޭގެ ހުރިހާ އިންފްރާސްޓްރަކްޗާ މަސައްކަތްތައް އެމްޓީސީސީގެ ފަރާތުން ކުރިއަށްގެންދިއުމަށް އަދި ހޯދުމަށް އަމާޒުކުރަށްވާފައިވާކަން ހާމަކުރަށްވަމުން އާޒިމް ވިދާޅުވީ އެނާ އެމްޓީސީސީގެ މެނޭޖްމަންޓާއި ހަވާލުވެވަޑައިގެން ހިނދު އެ ކުންފުނީގެ ކެޕޭސިޓީ ހުރި މިންގަނޑުންނަމަ އެއްފަހަރާ ކުރިއަށް ގެންދެވެނީ 20 ވަރަކަށް ޕްރޮޖެކްޓްކަމަށްވީނަމަވެސް ސަރުކާރުގެ އެހީއާއި އެކު ލިބިފައިވާ ކުރިއެރުންތަކުން އެ ކުންފުންޔަށް މިހާރު 100 ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ގާބިލިއްޔަތު ލިބިފައިވާކަމަށް އެނާ ފާހަގަކުރެށްވިއެވެ. އެހެންކަމުން ހަވާލުވެވަޑައިގެންނެވި އިރު ހުރި ބައެއްވަސީލަތަކީ ބާވެފައިވާ ތަކެތި ނަމަވެސް މިއަދު އެ ކުންފުނީގެ “އެކުއިޕްމެންޓް” ވަނީ ދެގުނަކުރެވިފައި ކަމަށާއި އާކުރެވިފައިކަމަށް ވެސް އެނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ޖުލައި މަހު އިތުރު ދެ ޑްރެޖަރު އެ ކުންފުންޏަށް ލިބޭނެކަމަށް ފާހަގަކުރަށްވާ އާޒިމް ވިދާޅުވީ ދެގުނައަށް އިތުރުކޮށްފައިވާ މުއައްޒިފުންނާއި އެކު ކުރިމަގުގައި އެމްޓީސީސީއިން މެގަޕްރޮޖެކްޓްތައް ހިންގަން ގަސްތުކުރާކަމަށެވެ. އަދި މިވަގުތު ކުންފުނިން އެފަދަ މުސްތަގުބަލަކަށް ތައްޔާރުވުމަށް މުއަށްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެމްޓީސީސީ ރާއްޖޭގެ އިންމެ ފުންނާބު އުސް ކުންފުނިތަކުގެ ތެރޭގައި ހިމެނިގެންދާނެކަމަށް އުންމީދުކުރަށްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: