ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީން މައްސަލަތަކަށް އިސްކަން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއަށް) ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައި، މައްސަލަތައް ތަރުތީބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލައި ޢަމަލުކުރަންފަށައިފިކަމަށް އެ ކޮމިޝަނުން ހާމަކޮށްފި އެވެ.

މި އުޞޫލުގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ނުވަތަ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކަށް އިސްކަންދެވޭނެ މަރުޙަލާތަކާއި، ޢާންމު އުޞޫލެއްގެ ގޮތުން ޚާއްސަ އިސްކަމެއް ދީގެން މައްސަލަ ތަޙުޤީޤުކުރުމަށް ނިންމާނެ ޙާލަތްތައް ކަނޑައަޅާފައި ވާކަމަށް އާންމު ކޮށްފައިވާ ބަޔާނުގައިވެއެވެ.

މި އުޞޫލަކީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަޙުޤީޤުކުރުމުގައި ޢަމަލުކުރެވެނީ އެއްހަމައަކުން، ދެފުށްފެންނަ ގޮތުގައިކަން ޔަޤީންކުރުމަށާއި، އަދި މައްސަލަތައް ތަޙުޤީޤުކުރުމުގައި ޢަމަލުކުރެވެނީ ޖަވާބުދާރީކުރެވެނިވި ނިޒާމެއްގެ ތެރެއިންކަން ކަށަވަރުކުރުމަށްޓަކައި ހެދިގެންދިޔަ އުސޫލެއްކަމުގައި ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން މި އުސޫލު ހެދުމުގެ މަގުސަދުތަކުގެ ތެރޭގައި ވަކި މައްސަލައަކަށް އިސްކަންދީގެން ތަޙުޤީޤުކުރުމަށް ނިންމާ ނިންމުމަކީ ޒާތީ ތަޢައްސުބުންނާއި ނުފޫޒުން އެއްކިބާވެ ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރުކުރުން ހިމެނެއެވެ.

މި އުސޫލުގެ ދަށުން ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ މައްސަލަތަކުގެ ތެރޭގައި ވަކި މުއްދަތެއްގެ ކުރިން ނުވަތަ އަވަހަށް ކޮމިޝަނުން މައްސަލަ ތަހުޤީޤުކޮށް ނުނިންމައިފިނަމަ، ދައުލަތަށް އިޢާދަނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބިދާނެކަމުގެ އިޙްތިމާލު އޮންނަ މައްސަލަތަށް ހިމެނެއެވެ. އަދި މައްސަލައަކީ މުޖުތަމަޢުގެ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށް ވާންޖެހެއެވެ.

މީގެ އިތުރުން މައްސަލައިގެ ހެކި ނައްތާލާފާނެކަމުގެ އިޙްމާލު އޮތުމާއި މައްސަލައިގެ ބާވަތުން އިސްކަމުން ނުދީފިނަމަ މައްސަލަ ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ފުރުސަތު އޮންނަ މައްސަލަތައް މީގެ ތެރޭގައި ހިމެނެއެވެ. އަދި ދައުލަތުގެ މުހިންމު މަސްލަހަތެއް ހިމެނޭ ކަމަކާ ގުޅިގެން ދައުލަތުގެ އިދާރާއަކުން ތަހުޤީޤުކުރުމަށް ނުވަތަ ރިވިއުކުރުމަށް ފޮނުވާފައިވާ މައްސަލައަކަށް ވާންޖެހެއެވެ. މީގެ އިތުރުން އަދިވެސް ބައެއް ކަންތައްތައް އިސްކަންދިނުމުގައި ބެލެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ މި އުސޫލުތަކުގައި ނުހިމެނޭފަދަ މައްސަލައެއްނަމަ އިސްކަންދިނުމާ ގުޅޭގޮތުން ކަމެއް ދިމާވެއްޖެނަމަ އެކަމާއިމެދު ގޮތެއް ނިންމާނީ ކޮމިޝަންގެ މެންބަރުންކަމުގައި އޭސީސީން ބުނެފައިވެއެވެ. އަދި މި އުސޫލުގައި ހިމެނޭކަމެއް މަނާކުރުމުގައި މަނާކުރުމުގައި ދެބަސްވުމެއް ނުވަތަ ހިޔާލު ތަފާތިވުމެއް އުފެދިއްޖެނަމަ، އެކަމާއިމެދު ގޮތެއް ނިންމާނީ ކޮމިޝަނުންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: