ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅުގެން ކުރިއަށް ގެންދިޔަ ރާއްޖޭގެ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ނިންމާލައިފިއެވެ.

މި ސާވޭ ކޮށްފައިވަނީ އިންޑިއާގެ މަނަވަރު ސުތްލެޖް (އައި އެން ސުތްލެޖް) އިން 18 އޭޕްރިލް އިން 25 މެއި 2022 އަށެވެ.

އެ ދުވަސްވަރުގެ ތެރޭގައި މަނަވަރުން ރާއްޖޭގެ އުތުރާއި، މާލެ ސަރަހައްދު އޭގެ ތެރޭގައި ތިލަފުށި، ހުޅުމާލެ އަދި ރާއްޖޭގެ ޕޯޓް ހިމެނޭހެން ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން ސާރވޭ ކޮށްވަނީ ނިމިފައެވެ.

ސާވޭގެ ތެރޭގައި 6500 ނެނޮމީޓަރުގެ ސައުންޑިންގ ވަނީ ހަދާފައެވެ. އޭގެ ތެރޭގައި އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިންގ އާއި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިންގ ވަނީ ހަދާފައެވެ. އެގޮތުން މުޅިއެކު 944 ސްކޮއަރ ކިލޯމީޓަރުގެ ސަރަހައްދަކަށް ސައުންޑިން ލައިން ފޮނުވައިގެން ކާމިޔާބު ކަމާއެކީ ވަނީ ސާވޭ ކުރެވިފައެވެ.

ސާވޭ ކުރެވުމީ އުތުރުގެ ހަނިމާދޫ އިން ފެށިނގެން ށަވިޔަނި އަތޮޅުގެ ފަރުކޮޅު ފުނަދޫ އާ ހިސާބަށް 844 ސްކޮޔާ ކިލޯމީޓަރު އަދި މާލެ ސަރަހައްދުގެ 100 ސްކޮޔަރ ކިލޯމީޓަރެވެ.

އެ ސަރަހައްދުތައް އެންމެ ފަހުން ސާރވޭ ކުރެވިފައިވަނީ 1853 ވަނަ އަހަރުތެރޭގައެވެ. އައި އެން އެސް ސުތްލެޖް އިން ސާވޭ ކުރުމަށް ބޭނުން ކޮށްފައިވަނީ މަލްޓި ބީމް އެކޯ ސައުންޑަރެކެވެ.

ފުޅާ ދާއިރާއެއްގައި ކުރެވިގެންދާ މި ސާރވޭގެ ސަބަބުން ސަރަހައްދުތަކުގެ ނެވިކަމުގެ ޗާރޓް، އިލެކްޓްރޯނިކް ނެވިގޭޝަނަލް ޗާރޓްތަކަށް އަޕްޑޭޓްވެގެން ދިއުމުން ކަނޑުދަތުރުކުރާ ބޯޓް ފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވުމުގެ އިތުރުން ރާއްޖޭގެ ނޫ އިގްތިސާދުވެސް ކުރިއަރާދާނެއެވެ.

ނޫ އިގްތިސާދު ފާހަގަކުރެވިފައިވަނީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި އިސްކަމެއްދެވިފައިވާ 5 ދާއިރާގެ ތެރެއިން އެންމެ ކުރީގައި ހިމަނާފައިވާ ދާއިރާގެ ގޮތުގައެވެ.

އެގޮތުން މި ސާރވޭގެ ސަބަބުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގެ ނޫ އިގްތިސާދުގެ ދާއިރާގައި ހިމެނިފައިވާ 6 ސަބް ސެކްޓަރސް ކަމުގައިވާ ޓުއަރިޒަމާއި ފިޝަރީޒް އާއި އެގްރިކަލްޗަރ އާއި އެސް އެމް އީ ތަކާއި ލޭބަރ އެންޑް އެމްޕްލޮއިމަންޓް އަދި އިކޮނޮމިކް ޑައިވަރސިފިކޭޝަން އަށް ރަނގަޅު އަސަަރުތަކެއް ފޯރާނެއެވެ.

އެހެންކަމުން، ނެވިކަމަށް ކުރާނެ ފައިދާގެ އިތުރުން ހައިޑްރޮގްރެފިކް ސާރވޭތަކުން އުޖާލާ މުސްތަގުބަލަކަށް ރާއްޖޭގެ ކަނޑުތަކުގެ ދަތުރުފަތުރުގެ މަގު ކޮށިގެންދާނެއެވެ. އިންޑިއާގެ މަނަވަރުން ވަނީ މާލެ ސަރަހައްދުގެ 10 ތަނެއްގެ އަދި އުތުރުގެ 4 ތަނެއްގެ ޓައިޑަލް އޮބްޒަރވޭޝަންތަކެއްވެސް ހަދާފައިވެއެވެ. އޭގެ ސަބަބުން ސީދާކަމާއިއެކު ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތައް ލަފާކުރުމުގައި ފަސޭހަ ވެގެން ދާނެއެވެ.

އެގޮތުން ފުނަދޫ، ކަނޑިތީމު އަދި މަކުނުދޫގެ އިތުރުން ތިލަފުށި އަދި ހުޅުމާލެއަށް ކަނޑުގެ އޮއިވަރަށް އައު ބެންޗްމާކްތަކެއް ވަނީ ކަނޑައެޅިފައެވެ.

މީގެ ސަބަބުން ސީދާ ކަމާއިއެކު ޓައިޑަލް ރީޑިންގސް އަދި ޕްރިޑިކްޝަން ނެގުމަށް މަގު ފަހިވެގެން ދާނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީސް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ އެދުމުގެ މަތިން ކާށިދޫގެ ބޭރުން ސަރަހައްދެއްވަނީ ސާރވޭ ކުރެވިފައެވެ. މިއީ ދިވެހި މަސްވެރިންނަށް ފިޝް އެގްރިގޭޓިންގ ޑިވައިންސ (އެފް އޭ ޑީ ) ހަރުކުރުމަށްޓަކައެވެ.

މި ސާރވޭއިން ރާއްޖޭގެ އުތުރުގެ ސްމޯލް ސްކޭލް ޗާޓަކާއި މތިލަފުށި، މާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ލާޖް ސްކޭލް ޗާޓެއް ޕްރިންޓް ކުރުމަށް މަގުފަހި ވެގެންދާނެއެވެ.

މިއީ މިސަރަހައްދުގެ ފުޅާ ވަމުންދާ މެރިޓައިމް އެކްޓިވިޓީސް އަދި ވިޔަފާރިތަކަށް ކޮންމެހެން ބޭނުން ޖެހިފައިވާ ޗާޓްތަކެކެވެ.

މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަހުމަދު ދީދީ އަށް ފަސް ގަނޑުގެ ސާރވޭ ކުރެވިފައިވާ ސަރަހައްދުގެ ހޯދުންތައް ވަނީ މި މަހުގެ 24 ވަނަ ދުވަހު އައި އެން އެސް ސުތްލެޖްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ހަވާލްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ހެޑް އޮފް މޯލްޑިވްސް ހައިޑްރޮގްރެފިކް ސާވިސަސް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: