ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނާގެ މައްސަލައިގައި ހައިކޯޓުގެ ހުކުމް ނަޝީދަށް ގޯސް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ނެގި އިންޑިއާ އައުޓް ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓުގެ ހުކުމަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، އެންމެ ފުރަތަމަ އެ ޝިއާރު ޖެހި ބެނާއެއް ހަރުކުރީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅުގަ އެވެ. އަދި އެއާއި އެކު އެ އިމާރާތާއި ޖެހިގެން ހުންނަ ޕާޓީގެ އޮފީހުގައި ވެސް ބެނާ ހަރު ކުރި އެވެ.

މިއީ ކުރެވޭނެކަމެއް ނޫންކަމަށާއި ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ފުލުހުން ނަގަންޖެހޭކަމަށް ބުނެ ރައީސް ނަޝީދު މަޖިލީހުގައި ވާހަކަ ދެއްކެވިތާ 48 ގަޑިއިރު ނުވަނީސް ފުލުހުން އަމުރެއް ނެރުނެވެ. އަދި ހަމަ އެދުވަހުގެ ހެނދުނު، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ އައުޓްގެ ދަށުން ހިންގަނީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ހަރަކާތްތަކެއްކަމަށް ކަނޑައަޅުއްވާފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ބެނާ ނެގި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ، ދަށު ކޯޓުގެ އަމުރު ގޯސްކޮށްކަމަށެވެ. މި ނިންމުމަށް ވާސިލުވި ސަބަބެއްކަމަށް ކޯޓުގެ ހުކުމުގައި ވަނީ، ކޯޓު އަމުރު ނެރެދޭން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ދެއްކިފައިވާ ނުވާތީ އާއި ފުލުހުން ކުރާ ތުހުމަތު ސާފު ނުވާތީ އެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ނުކުތާތަކުގެ ތެރޭގައި، އަމުރު ނެރެ ގެއަށް ނުވަދެ ވެސް ބެނާ ނެގޭނެކަން ފާހަގަކުރި އެވެ. ބެނާ ހަރުކޮށްފައި ހުރީ ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގެ ބޭރުގައިކަމަށް ވުމުންނާއި، އެއީ ހަދަމުން ދިޔަ އެ އިމާރާތުގެ އެންމެ މަތީ ހުރި ދާގަނޑުން ހުރި ހޮޅިތަކެއްގައި އައްސާފައި ހުރި ބެނާއެއްކަމަށް ހުކުމުގައި ވެއެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން ގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް ނެތްކަމަށް ހުކުމުގައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރާއިރު ގާނޫނު ފާސްކުރި ރައްޔިތުން މަޖިލީހުގެ ނިޔަތް ހައިކޯޓުން ގާނޫނު މާނަ ކުރުމުގައި ރަމްޒުވެފައި ނެތް ކަމަށެވެ.

“އެނިޔަތް އެންމެ ފުރިހަމައަށް ރަމްޒުވެފައި ނުވާނަމަ ގާނޫނުތައް އިސްލާހުކޮށް އެކަންކަން ބަދަލު ކުރުމަށް މިމަޖިލީހުން މަސައްކަތް ކުރަން ވާނެ.” ރައީސް ނަޝީދު

ނަޝީދަށް ރައްދ ދެއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނިޒާމީ ނުކުތާއަކަށް އެދިވަޑައިގަތުމުން، ރައީސް ނަޝީދު އެ ުފުރުސަތު ދޭން ދެކޮޅު ހެއްދެވި އެވެ. ފަހުން ފުރުސަތު ދެއްވުމުން ޝިޔާމް ވިދާޅުވީ ހައިކޯޓުގެ އަމުރަށް މަޖިލީހުގެ ރިޔާސަތުން ގޮން ޖެހުމަކީ ހިތާމަ ކުރާކަމެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ގަރާރަކީ ޣަައިރު ގާނޫނީ ގާރާރެއް ކަމަށެވެ. ނަމަވެސް ޝިޔާމް އެހެން ވިދާޅުވުމާއިއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ މައިކް ކަނޑާލާފަ އެވެ. އެހެންވެ އިތުރަށް ވާހަކަ ދައްކަވަން ޝިޔާމަށް ފުރުސަތު ލިބިވަޑައެއް ނުގެންނެވިއެވެ.

ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ.

އެއީ ކޯޓު އަމުރު ނެރެދޭންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެވެ.

ނަމަވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގުޅޭ ގޮތުން ޔާމީން ފާހަގަ ކުރެއްވެވި ކަންކަމާއި މެދު ހައިކޯޓުން ގޮތެއް ނުނިންމަވައެވެ.

އެހެންކަމުން އިންޑިއާ އައުޓް ބެނާ ނެގުމަކީ ހުއްދަ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: