ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުލި ނުދައްކާ ރިސޯޓުތައް ބަންދުކުރުމަކީ އިގްތިސާދަށް ގެއްލުމެއް: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުލި ނުދެއްކުމުގެ ސަބަބުން ރިސޯޓުތައް ބަންދުކުރުމަކީ އިގްތިސާދަށް ރަނގަޅު ގޮތް ނޫންކަމަށާއި ކުލި ނުދެއްކި ނަމަވެސް ލައިސެން ބާތިލް ނުކުރާނަންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓާ ވިދާޅުވީ، ކުލި ނުދައްކާ ރިސޯޓުތަކާ ދޭތެރޭ އޮންނަ އުސޫލުގެ ތެރެއިން ނޯޓިސް ފޮނުވަމުން ގެންދާ ކަމަށާއި އޭގެ ތެރެއިން އެއް ރިސޯޓެއްގެ ލައިސެންސް ހިފެހެއްޓުމުގެ އިހުތިޔާރު ވެސް ޓޫރިޒަމް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. ނަމަަވެސް މިއީ އިގްތިސާދަށް އެންމެ ރަނގަޅު ގޮތް ނޫންކަމުން ލައިސަންސް ބާތިލް ނުކުރައްވާނަންކަމުގައި ވިދާޅުވިއެވެ.

އިތުރަށް މިނިސްޓާ ފާހަގަކުރެއްވީ 18 ރިސޯޓަކަށް ކުލި ނުދައްކައިގެން ނޯޓިސް ދީފައިވާނެ ކަމަށެވެ. އަދި ކުލި ނުދައްކާ ނަމަ ދައުލަތާއި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރިސޯޓެއް އިގްތިސާދަށް ވިސްނަވާއިރު ރިސޯޓެއްް ބަންދުކުރުމުގެ ސަބަބުން އެތައް މުއައްޒަފުންތަކެއްގެ ވަޒީފާ ގެންލިދާނެކަމަށެވެ. އެހެންކަމުން ރިސޯޓެއް ބަންދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި އެހެންވެ، އެ ރިސޯޓުތަކާއި މަޝްވަރާކޮށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީގެ ބޮޑުބަޔަކީ ޓޫރިޒަމްގެ ފައިސާ ކަމަށް ވާއިރު، ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިސޯޓްތަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އަދަދު މިހާރު ވެސް 17 ބިލިއަނަށް އަރަކަމަށާއި އެއީ ގާތްގަނޑަކަށް ރާއްޖޭގެ އެއްއަހަރުގެ އާމްދަނީ އާއި އެއްވަރުގެ އަދަދެކަމުގައި ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރައްވަމުންނެވެ.

މިފަދައިން ރިސޯޓު ކުލި ނުދައްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ކުރިން އިސްލާހެއް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހާއެކު ދައުލަތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ގަވަރުނަރާއި މާލީ އިދާރާތަކުން ލަފާދިނުމާ ގުޅިގެން އެ އިސްލާހު އަނބުރާ ގެންދަން ވަނީ ނިންމައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: