ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަލަންދޫ ގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ށ. ނަލަންދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ނަލަންދޫ ގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިން، މިލަދުންމަޑުލު އުތުރުބުރީ ނަލަންދޫ ގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.

އެގޮތުން ނަލަންދޫގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ކުށްޔަށްދުކުރަނީ 50 (ފަންސާސް) އަހަރުގެ މުއްދަތެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން މިނިސްޓްރީގެ މިހާރުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން 36 (ތިރީސް ހައެއް) މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެ ރަށަށް އިމާރާތް ކުރުމުގެ މުއްދަތެއް ދެވޭނެ ކަމަށްވެސް ބުނެއެވެ.

ބިޑް ސެކިއުރެޓީގެ ގޮތުގައި 10،000،000 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ. ހަމައެހެންމެ ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނީ ނަލަންދޫއަކީ 63.99 ހެކްޓަރުގެ ރަށެއް ކަމަށާއި އެ ރަށުގައި ހަދަން ނިންމާފައި ވަނީ 200 އެނދުގެ ރިސޯޓެއް ކަމަށެވެ.

މިގޮތުން ރިޒޯޓް ތަރައްގީ ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 އޮކްޓޫބަރު 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 06 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހުގެ 00 :10  އަށް މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދޭކަމަށްވެސް އިއުލާުގައި ބުނެފަވެއެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: