ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު މައުސޫމް، ސާބިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސާބިއާގެ މިނިސްޓަރ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްގެ ދަޢުވަތަކަށް ސަރބިއާގެ ބެލްގްރޭޑަށް މިނިސްޓަރ ޑރ. ޢަބްދުالله މަޢުޞޫމް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ސަރބިއާގެ މިނިސްޓަރ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސަރބިއާ ދެމެދު އޮންނަ ރަޙުމަތްތެރި ގުޅުން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވިއެވެ. އަދި، ދެ ފަރާތުންވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމުކަމަށް އަލި އަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަބްދުالله ނަޝީދާއި، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ނީޝާ ޝާހިދުބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި، ސަރބިއާގެ މިނިސްޓަރ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްގެ އިތުރުން ސްޓޭޓް ސެކްރެޓަރީ ޒިކިޗާ ނެސްޓޮރޮވިޗާއި އެސިސްޓަންޓް މިނިސްޓްރ ޖެލޭނާ މިލެންކޮވިޗާއި، ހެޑް އޮފް ކެބިނެޓް ޑޮބްރިނާ ޖުކޮވިޗް ބައިވެރިވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: