ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރަކީ އެންމެ ފުރިހަމަ ސަރުކާރު: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލު ވުމަށް ފަހު ސަރުކާރު ހިންގަމުން އަންނަނީ ވަރަށް ފުރިހަމަ އަށް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ސަނގު ޓީވީ އިން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ގައުމަށާއި ވަކި ވަކި ދާއިރާތަކަށް ލިބިގެން ދިޔަ ކުރިއެރުންތަކަށް ބަލާލުމުން ރައީސް ސޯލިހު ވެރިކަން ކުރަމުން އަންނަނީ ފުރިހަމަ އަށް ކަން ހާމަވެގެންދާ ކަމަށެވެ.

އެގޮތުން މިނިސްޓަރ ގެ ދާއިރާ ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ކާމިޔަބުތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރިކަމަށާއި ފަތުރުވެރިކަމަށް އައު ރަށްތަކެއް ކަނޑައަޅާފައިވާ ކަމީ ފަތުރުވެރިކަމަށް ލިބިގެން ދިޔަ އަލި ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއި އެކު 2020 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ވަނަ މަންޒިލެއް (ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން) ގެ ގޮތުގައި ރާއްޖ ެހޮވިގެން ގޮސްފައިވާ ކަން ފަހުރުވެރި ކަމާއިއެކު މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ ފަތުރުވެރިކަން އަޑިއަޅާލި ވަގުތު، ރާއްޖޭގެ ފަތުރުވެރިކަން ވެސް ހީނަރު ކަމެއް އައި ނަމަވެސް ޖުލައި 15 ވަނަ ދުވަހު ރާއްޖޭ ބޯޑަރ ހުޅުވިފަހުން  ގައުމުތަކުން ރާއްޖެ މިސާލެއްގެ ގޮތުގަ ނަގާ ވަރަށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެން ގޮއްސްފައިވާ ކަމަށް ވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ރައީސް ސޯލިހު ކޮވިޑު މެނޭޖް ކުރުމުގައި ވެސް އެންމެ އިސް ސަފުގައި ހުްނނަވައި ވަކި އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިޔުމުންނެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށްޓަކައި ޑޮމެސްޓިކް ޓުއަރިޒަމް ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޑޮމެސްޓިކް ޓުއަރިޒަމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު ބަހާއެއްކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ އިގްތިސޯދު ކުރިއަރައިގެން ދަނީ ޑޮމެސްޓިކް ޓުއަރިޒަމްގެ ސަބަބުން ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑޮމެސްޓިކް ޓުއަރިޒަމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިގްތިސޯދަށް ލިބޭ ބޭރު ފައިސާ އެނބުރި ލީކު ވެގެން ދިޔުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ ކަންކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހޯމް ސްޓޭ ތައާރަފް ކުރުމަކީ ފާހަގކޮށްލަން ޖެހޭ މަސައްކަތެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ހޯމް ސްޓޭ ޓުއަރިޒަމް ގެ އެންމެ ބޮޑު މާކެޓެއް އޮތީ ޑޮމެސްޓިކް ޓުއަރިޒަމްގެ ތެރެއިން ކަމަށާއި، އެއީ ރާއްޖޭގެ އިގްތިސޯދު ކުރިއަރައި ދާނެ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: