ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސް: އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް 4 އެވޯޑެއް

ލީޑިން ހަނީމޫން ރިޒޯޓަކަށް ޖޭއޭ މަނަފަރު ރިޒޯޓު ވަނީ ހޮވިފަ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެއަށް 4 އެވޯޑެއް ލިބިއްޖެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. ރާއްޖެއަށް ޖުމްލަ 4 އެވޯޑެއް ލިބިފައިވާއިރު ރާއްޖޭގެ ރިޒޯޓުތަކަށާއި ހޮޓެލްތަކަށްވެސް ވަނީ އެކި އެވޯޑްތައް ލިބިފައެވެ.

ރާއްޖެއަށް ލިބުނު ހަތަރު އެވޯޑަކީ އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ކްރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަނެވެ.

ރާއްޖޭގެ ރިޒޯޓްތަކަށާއި ގެސްޓްހައުސްތަކަށް ލިބުނު ބައެއް އެވޯޑްތަކުގެ ތެރޭގައި މިސަރަހައްދުގެ ލީޑިން ޑައިވިން ރިޒޯޓަކަށް ކޮންސްޓަންސް މޫފުށި، ސަރަހައްދުގެ ލީޑިން ފެމިލީ ރިޒޯޓަކަށް ކުރުނބާ މޯލްޑިވްސް، ސަރަހައްދުގެ ލީޑިން ގްރީން ރިޒޯޓަކަށް ރީތި ފަރު ރިޒޯޓު ވަނީ ހޮވިފައެވެ.

މީގެ އިތުރަށް ސަރަހައްދުގެ ލީޑިން ހަނީމޫން ރިޒޯޓަކަށް ޖޭއޭ މަނަފަރު ރިޒޯޓު، ސަރަހައްދުގެ ލީޑިން ހޮޓެލަކަށް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑް، ލީޑިން ހޮޓެލް ސުއިޓަކަށް، ފޯ ބެޑްރޫމް އޯވަރ ވޯޓަރ ޕޫލް ރެޒިޑެންސް އެޓް ވައްކަރު މޯލްޑިވްސް ވަނީ ހޮވިފައެވެ.

އިިންޑިއަން އޯޝަންސް ލީޑިން ލަގްޒަރީ ޓުއަރ އޮޕަރޭޓަރ އަކަށް ހޮވިފައިވަނީ ރާއްޖޭގެ ހޭ ހޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ސަރަހައްދުގެ ލީޑިން ސީޕްލޭން އޮޕަރޭޓަރއަކަށް ހޮވިފައިވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭޒްއެވެ. އަދި ސިމްޕްލީ މޯލްޑިވްސް ހޮލިޑޭޒް ވަނީ ސރަހައްދުގެ ލީޑިން ޓްރެވަލް އެޖެންސީގެ އެވޯޑް ހާސިލްކޮށްފައެވެ.

މީގެ އިތުރަށް އެވޯޑްތައް ލިބިފައިވާ ރާއްޖޭގެ ބައެއް ރިޒޯޓްތަަކާއި ހޮޓެލްތަކަށް ބަލާއިރު، ބަރޮސް މޯލްޑިވްސް، ސަން އެކުއާ ވިލު ރީފް، ވެލާ ޕްރައިވެޓް އައިލެންޑް، އެމަރޯލްޑް މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާ ހިމެނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ސަރަހައްދީ ފެންވަރުގެ އެވޯޑްތައް އިއުލާންކޮށްފައިވާއިރު ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް އިއުލާންކުރުން އޮތީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ދުނިޔޭގެ ފެންވަރުގެ ބައެއް އެވޯޑްތަކަށްވެސް ރާއްޖެއާއި އެކި ހޮޓެލް، ރިޒޯޓު އަދި ކުންފުނިތައް ވަނީ ނޮމިނޭޓްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: