މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް އަންނަ މަހުގެ މެދުތެރޭގައި ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދިނުމުން ނޫން ގޮތަކަށް ގްރޭޓާ މާލޭ ސަރަހައްދުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.
އެގޮތުން މި ސަރަހައްދުގެ ގެސްޓްހައުސްތައް ބަންދުކޮށްފައި ބަހައްޓާ ކޮންމެ ދުވަހަކީ ވެސް ގެއްލުން ދުވަސްތަކެއްކަން މިނިސްޓަރު ފާގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އުންމީދަކީ އަންނަ މަހުގެ މެދެއްހާ ހިސާބުގައި ގެސްޓްހައުސްތައް ހުޅުވިގެން ދިއުން ކަމަށެވެ.