ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއެސް އަށް ތާއީދުކުރާކަމަށް ބުނެ ކުރި ދައުވާއަށް ނާޒިމް އިންކާރު ކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މުހައްމަދު ނާޒިމް، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ލިޔުންތަކެއް ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާ އަށް އޭނާ މިއަދު އިންކާރުކޮށްފިއެވެ.

މިދިޔަ އަހަރުގެ މޭ ހަ ވަނަ ދުވަހު އައިޑީއެއް ގޮއްވާލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރާކޮށްލުމަށް އަމާޒުކޮށް ދިން ހަމަލާގައި ބައިވެރިވި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ ޅ. މާޅޮހު އަސަރީގޭ، ނާޒިމްގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަން ދޭހަވާ ފަދަ ލިޔެކިޔުމާއި ކުރެހުމާއި އަދި ފޮޓޯ ގެންގުޅުމުގެ ދައުވާ ދައުލަތުން ކުރަނީ އެ އަހަރުގެ މޭ މަހު އޭނާ ހުޅުމާލޭގައި ދިރިއުޅުނު ފްލެޓް ފާސް ކުރިއިރު ރާއްޖެއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އައިއެސް އަށް ތާއީދުކުރާ ފަދަ ލިޔުންތަކާއި ފޮޓޯތަކެއް ހިމެނޭ ޕެންޑްރައިވެއް އެގެއިން ފެނިފައިވާތީއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ޕެންޑްރައިވުން ފެނުނީ އައިއެސް ޖަމާއަތަށް ތާއީދުކުރާ ކަން ދައްކުވައިދޭ ލިޔުންތަކެއް ކަން އެނގޭނެ ގޮތަށް އިސްލާމިކް މިނިސްޓްރީން ރިޕޯޓެއް ވަނީ ހުށަހަޅައިފައިކަމަށެވެ.

ދައުލަތުން ދައުވާ އިއްވުމާއިއެކު ނާޒިމްގެ ވަކީލު ވަނީ ދައުވާއަށް އިންކާރުކުރި ނަމަވެސް ދައުލަތުން ނާޒިމާ ދެކޮޅަށް ހެކިވެރިއަކާއި ކިތާބީ ހެކިވެސް ހުށައަޅާފައެވެ. ހެކީގެ ތެރޭގައި ހިމެނެނީ މިކަމާއި ބެހޭ ބައެއް ރިޕޯޓްތައް ތައްޔާރުކުރި ފުލުހުންނާއި އަދި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފެކެވެ.

ނާޒިމްގެ ފަރާތުން ދައުވާ އަށް އިންކާރު ކުރި ނަަމަވެސް، ގާޒީ ހަސަން ސައީދު ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށާއި އަދި ދިފާއީ ހެކި ހުށަހެޅުމަށްޓަކައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ނާޒިމްގެ ވަކީލުންނަށް ފުރުސަތު ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: