ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ވެރިކަމަށް ގެނައީ “ލާދީނީ ބައިގަނޑެއް”: ތޯރިގު

މަހިބަދޫ ދާއިޜާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ގާއިމު ކުރެވުނީ “ލާދީނީ ބައިގަނޑެއް” ރާއްޖެއިން ބޭރުގައި ތިބެ ކުރި މަސައްކަތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރާވައިގެން ކުރިއަށް ގެންދިއަ “ނަބިއްޔާގެ ދިފާއުގައި” ޖަލްސާގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، ރަައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރަކީ، ހަރުކަށި ފިކުރުގެ ބައެއް ތިބި ވެރިކަމަކަށް، ބޭރުގެ ފަރާތްތަކުގެ ނަޒަރުގައި އެ ވެރިކަން ތާލިބާނުންނާއި އެއް ސިފަކުރީ، އެމްޑީއެންނޭ ކިޔާ ޖަމިއްޔާއަކުން ކަމަށެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ހުވާ ކުރުމުގެ ކުރިން، އިންތިހާބު ނިންމާފައި، އެ ޖަމިއްޔާގެ އިސްވެރިންނާއި ބައްދަލު ކުރެއްވިކަމަށް އިޝާރާތް ކުރައްވާ ތޯރިގު ވިދާޅުވީ، އެމްޑީޕީގެ މި ވެރިކަން، އުފެދިގެން އައި، “ލާދީނީ ބައިގަނޑެއް” ރާއްޖެއިން ބޭރުގައި ތިބެ ކުރި މަސައްކަތަކުން، އެ މީހުންނަށް ފަނޑުކޮށްގެންކަަމަށެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓް ވޯކް(އެމްޑީއެން) އަކީ “ލާދީނީ ބައިގަނޑެއް” ކަމަށް ފާހަގަކުރައްވާ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ އެ ޖަމިއްޔާއަށް ފަނޑުކޮށްގެންކަމަށް ވިދާޅުވެ އިތުރަށް ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ފެނިގެންދިއަ އެންމެ ފުރަތަމަ އެއް މަންޒަރަކީ، ރަސޫލާގެ ސުންނަތާއި ދިވެހި ކުޑަކުދިން ދުރުކުރުމަށް، ޕްރޮގްރާމެއް ފެށިތަންކަމަށެވެ. އަދި އެ ޕްރޮގްރާމް ފެށީ، އެމްޑީއެންއިން ނެރުނު ރިޕޯޓަކުން ކަމަށް ފާހަގަކުރައްވާ، ތޯރިގު ވިދާޅުވީ، އެ ރިޕޯޓަށް އެތައް ފަރާތެއްގެ ރުޅިވެރިކަން އަމާޒުވެ ސަރުކާރަށް ޕްރެޝާރ ބޮޑުވެގެންދިޔަނަމަވެސް، ކޮށްފައިވާ ހަމައެކަނި ކަމަކީ، ޖަމިއްޔާގެ ނަން އުވާލުން ކަމަށާއި، އެ ޖައްމިޔާ އަދިވެސް ރާއްޖެއިން ބޭރުގައި އެ މަސައްކަތްތައް ކުރުމުގައި ދެމި ހުރިކަމަށް ތޯރިގު ފާގަކުރެއްވިއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ “ލާދީނީ ބައިގަނޑެއް” ގެ މަސައްކަތުންކަމަށް ވިދާޅުވެ އެމްޑީއެންއާއި، އެ ޖައްމީޔާގެ މަސައްކަތްތަކާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، ދިވެހި ރާއްޖޭގެ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވީ “ލާދީނީ ބައިގަނޑެއް” ކަމަށް ތޯރިގް ސިފަކުރެއްވި ޖަމިއްޔާ އެމްޑީއެންގެ ފިކުރު ގެންގުޅޭ މީހުންކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި، ޕްރޮސެކިއުޓާރ ޖެނަރަލް، ޕޮލިސް ކޮމިޝަނަރ އަދި ރައީސް އޮފީހު އެޑްވައިޒަރުގެ މަގާބުގައި ތިއްބެވީ އެމްޑީއެންއިން ނެރުނު ރިޕޯޓު އެކުލަވާލުމުގައި ޝާމިލުވި ފަރާތްތައްކަމަށްވެސް ތޯރިގު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ މި ވެރިކަން ގާއުމުކުރެވުނީ “ލާދީނީ ބައިގަނޑެއް” ގެ މަސައްކަތުންކަމަށާއި، ދިވެހި ދައުލަތުގެ މަގާމުތަކުގައި ތިއްބެވީ ތޯރިގު “ލާދީނީ ބައިގަނޑެއް” ގޮތަށް ސިފަކުރެއްވި އެމްޑީއެންގެ ރިޕޯޓު ނެރުމުގައި ޝާމިލުވެފައިވާ ފަރާތްތައްކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، ތޯރިގު ވިދާޅުވީ، ދިވެހި ސުކޫލުކުދިންގެ އިސްލާމް ފޮތްތަކުން ގުރުއާންގެ އަކުރުތައް ބަދަލުވެ ސޫރަތްތައް އޮޅިގެންދިއުމަކީ އިއްތިފާގުންކަމަށް ނުބުނެވޭނެކަމަށެވެ.

“ލާދީނީ ބައިގަނޑެއް” ގޮތަށް ތޯރިގު ފާހަގަކުރެއްވި އެމްޑީއެންގެ ރިޕޯޓު އެކުލަވާލުމުގައި ޝާމިލުވި ފަރާތްތައް ދިވެހި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ކަމަށް އިޝާރާތް ކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، ދިވެހި ސުކޫލުތަކުގެ ދަރިވަރުން ޔޫއެންގެ ޕްރޮގްރާމްތަކުގައި ބައިވެރިކޮށް އީމެއިލްގެ ޒަރިއްޔާއިން އެފަދަ ބައެއް ތަކެއްތި ފޮނުވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ ތެރެއިން ކުޑަކުދިންވއިސްލާމް ދީނާއި ސުންނަތާއި ދުރުކުރުމުގެ މަސައްކަތްތަކެއް މި ސަރުކާރުން ރާވައިގެން ކުރަމުން އަންނަކަމަށެވެ. އަދި އެކަމަކީ ފެންނަން އޮތް ހަގީގަތެއްކަމަށް ފާހަގަކޮށް އެނާ އިޝާރާތް ކުރީ ދާދީ ފަހުން ޔޫތު މިނިސްޓްރީއިން އިންތިޒާމުކޮށްފައިވާ “ހަފްތާރެސް” ޕްރޮގްރާމްގެ ތެރެއިން އާންމުވި ފޮޓޯއަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ކުޑަކުދިން ދީނާއި، ސުންނަތާއި ދުރުކުރުމަށް ރާވައިގެން މަސައްކަތްކުރާކަމަށް ފާހަގަކުރައްވާ ތޯރިގުވިދާޅުވީ، ޔޫތް މިނިސްޓްރީއިން ބޭއްވި ޕްރޮގްރާމްގެ ތެރެއިން އާންމުވި ފޮޓޯއިން ބުނެފައިވާގޮތުން، މިސްކިތައް އެރުމުން، ވަގުތަށް ނަމާގު ގާއިމު ކުރުމުން ނުވަތަ ކުއްޖަކު މިސްކިތުގައި ގިނަ އިރު، ގުރުއާން ކިޔަވަން އިނުމުންވެސް ހަރުކަށި ފިކުރުގެ ކުއްޖެއްގެ ގޮތުގައި ލޭބަލް ވެގެންދާކަމަށެވެ. އަދި ގައުމުގެ ހާލަތު މިހިސާބަށް ދިއުމުންވެސް ދިވެހި ރައްޔިތުން ހޭލަން ނުވަނީތޯވެސް އެނާވަނީ ސުވާލު ކުރައްވައި އެނާ ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ނިންމި ނިންމުމުގެ ހިތި މިހާރު ރައްޔިތުން ވަނީ ތަހައްމަލު ކުރަން ޖެހިފައިކަމަށެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ، އެމްޑީއެންގެ މަސައްކަތުންކަމަށާއި، އެ ޖަމިއްޔާއަށް ނިސްބަތްވާ މީހުން މިހާރުވެސް ރައީސް އޮފީހުގައި ތިބިކަމަށް ތޯރިގު ވިދާޅުވެފައިވާއިރު، އެމްޑީއެންގެ ކުރީގެ ޗެއަރޕާސަން ނޫޝިން ވަހީދު މަސައްކަތް ކުރެއްވީ ރައީސް އޮފީހުގައި ކަން ފާހަގަކޮށްލެވެއެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ އެ ޖަމިއްޔާގެ ކުރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: