ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ހާލަތަށް ވެއްޓުނީ ރައީސް ސާލިހުގެ ސަބަބުން، އެ ވާހަކަ ދައްކާނަން: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ހާލަތަށް ވެއްޓުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަބަބުން ކަމަށާއި އެވާހަކަ ދަްކަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި ގުޅޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދައްކަވާ ގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ނުދެއްކެވުމަށް މާލީ ވަޒީރު އިބްރާހިމް އަމީރުއާއި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް އެދިވަޑައިގަތުމާއި ގުޅިގެން އެ ދެ ބޭފުޅުންނަށް ރައްދު ދެއްވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓަސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާން ވާދަ ކުރައްވަނީ ވަޒީރުންނާއި ނޫން ކަމަށާއި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހު އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައި ކެނޑިޑޭސީ އިއުލާން ކުރައްވާފައިވާއިރު ރައީސް ސާލިހު ކަންތައްތައް ކުރެއްވި ގޮތް ރައްޔިތުންނަށް ހާމަ ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާތު މި އޮތް ހާލަތަށް ވެއްޓުބީ ރައީސް ސާލިހު ކަންތައް ކުރެއްވި ގޮތުން ކަމަށާއި އެ ވާހަކަތައް ރައްޔިތުނަނަށް ހާމަ ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ހާލަތަށް ވެއްޓުނީ ރައީސް ސާލިހުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި، އިގްތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެ އަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމުގެ ޔަގީންކަން ރައީސް ސާލިހު ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތުގައި ސަރުކާރުން ނެގި ލޯނުތަކުގެ އެހީގައި ކުދި ވިޔަފާރިތައް ހިނގައިގަންނަން ފުރުސަތު ދެވި، އިގްތިސާދީ ހަރަކާތްތައް އިތުރު ކުރެވުނު ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ނެގި ލޯނުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވަރަށް ބޮޑުވި ކަމަށާއި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ ކުޑަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: