ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފް ފައްޔާޒް އަށް: ގައުމުގެ ހަގީގީ ދުޝްމަނުން ތިބީ ސަރުކާރުގަ

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި އެމްޑީޕީގެ ޗެއާޕާސަން، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ދުޝްމަނުނަށް ގޮވުމުން ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިޜާގެ މެންބަރު އާދަމް ޝަރީފް އުމަރު ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ މުޅި މަޝްރަހު އެކަމަކަށް ހުއްޓިފައިޥާ، ގައުމުގެ އިގްތިސާދީ ހާލަތާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ކުރެވުނު ބަހުސެއްގައި ފައްޔާޒް އިސްމާއީލް ވަނީ ރާއްޖެ ބަގުރޫޓުވެދާނެކަމުގެ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއްކަމަށާއި، އަދި މިފަދަ ވާހަކަތައް ދުޝްމަނުން ދައްކަމުން ދަނީ ވެރިކަން ވައްޓާލުމުގެ ބޭނުމުގައިކަމަށް ވިދާޅުވެފައެވެ. އަދި މިވާހަކަތަކައް އެއްބާރުލުން ދެއްވާ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދާ ވާހަކަތަކައް ފައްޔާޒް އިސްމާއީލް އެދިވަޑައިގަތީ ދުޝްމަނުންނަށް ހިތްވަރުނުދިނުމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވާ އާދަމް ޝަރީފް ޓްވީޓެއް ކުރައްވާ ވިދާޅުވެފައިވަނީ އެބޭފުޅުން އިދިކޮޅުގައި ތިބެ ވާހަކަ ދައްކަނީ ހަގީގަތަށް ބިނާކޮށްކަމަށާއި، އަދި އެއީ ގައުމުގެ ހާލުގެ ދުލުން ދައްކާ ވާހަކަތަކެއްކަމަށެވެ. އިތުރަށް ޓްވީޓުގައި އާދަމް ޝަރީފް ވަނީ ގައުމުގެ ހަގީގީ ދުޝްމަނުން ތިބީ ސަރުކާރުގައިކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ގައުމުގެ ވެރިން ގޮތުގައި ތިއްބެވީ ރައްޔިތުންނަށް ކަންކަން އޮޅުވާލާ ބަޔަކުކަމަށާޢި އެއީ ގައުމުގެ ހާއިނުންކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

މިފަދައިން ޓްވީޓު ކުރައްވާ އާދަމް ޝަރީފް ވަނީ ސަރުކާރު ޖަވާބު ދާރީ ކުރުމުގައި ދާނީ ކުރިއަށްކަމަށް ފާހަގަކުރައްވާފައެވެ.

ސަރުކާރުން ބޮޑެތި ލޯނުތައް ނަގައި، އެއާއި އެކަށޭނެ މަސައްކަތްތަށް ކޮށްފައިނުވުމުގެ ސަބަބުން އދިކޮޅުން ދަނީ މިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް މިއީ ކީއްވެގެންކަމާއިމެދު ސުވާލު އުފައްދަމުންނެވެ. އަދި މި މިއްސަލާއިގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ކަމާއިބެހޭ ވަޒީރުން ދައްކަވާ ވާހަކަތައް އުޑާއި ބިމާހައި ތަފާތުކަމަށާއި އެ މައްސަލައެގައި ދެ ފަހަރު މަތިން ދައްކަވާ ވާހަކަތައް ދިމާނުވާކަމަށް އިދިކޮޅުން ދަނީ ބުނެ މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެ ދަރަނީގެ ސަބަބުން ބަގުރޫޓު ވެދަނެކަމުގެ އިންޒާރު ބައިނަލް އަގުވާމީ މާލީ އިދާރާތްތަކުންދީފައިވީ ނަަމަވެސް ސަރުކަރާއި ކަމާއި ބެހޭ އިދާރާތްތަކުގެ އިސްވެރިން ބުނަމުން އަންނަނީ މިފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތި ނުވާނެކަމަށާއި ލޯނުތައް ދެއްކޭނެކަމަށެވެ. ނަމަވެސް މީގެ ކުރީގައި ރައީސް ސޯލު ވަނީ މިކަންކަމާއި ގުޅިގެން މިކަމުގެ ހައްލަކީ ހަރަދު ކުޑަކުރުމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: