ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެދު ބަހުން ވާހަކަ ދައްކާކަށް މަޖިލީހުގެ ގަވާއިދަކު ނޯވޭ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަޅުމުގައި މެންބަރުން ތެދު ބަހުން ވާހަކަ ދައްކަން މަޖިލީހުގެ ގަވާއިދުގައި ނޯންނަ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ޝިޔާމް ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނަން ބޭނުން ކުރައްވައިގެން ދޮގު ހަދައިގެން އަބުރު ކަތިލަން މަސައްކަތް ކުރާ ކަމަށް ބުނެ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ. ރޮޒައިނާ އާދަމް ނިޒާމީ މައްސަލައެއް ނަގާފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އެ ފައިސާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިންކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ވާހަކަ ނުދައްކާ ގޮތަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއިއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވިދާޅުވުމުންނެވެ.

”އިއުތިރާފުގެ އެއްބަސްވުމަށް ދިއައިރުގައި އަޅުގަނޑުމެންނަށް މި އަޑުއިވެނީ ރައީސް ސޯލިހަށް އެ ދެއްވި އެއްޗެއް ދިން ވާހަކަ ނުދައްކަން ވެސް އެއްބަސްވިކަމަށް އަޅުގަނޑުމެންނަށް މި އެނގެނީ“

ޝިޔާމް ވިދާޅުވިއެވެ.

އެއާއެކު ނިޒާމީ ނުކުތާއެއް ނަންގަވާ ރޮޒަައިނާ ވިދާޅުވީ ރައީސްގެ އަބުރު ކަލިލުމުގެ ބޭނުމުގައި މަޖިލީހުގައި ނެތް މީހެއްގެ ވާހަކަ ދޮގު ހަދައިގެން ދެއްކުމަކީ މަޖިލިސް ގަވާއިދު ތަން ދޭ ކަމެއް ނޫން ކަމަށެވެ. އަދި އެވަރަށް އެނގޭ ކަމެއް ނަމަ މައްސަލަ ހުށަހަޅަންވީ ފުލުހަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއާއިއެކު ރައްދުގައި ޝިޔާމް ވިދާޅުވީ އަބުރު ކަތިލެވޭނީ އަބުރު އޮތް ބައެއްގެ ނޫންތޯކަމަށެވެ.

ނިޒާމީ ނުކުތާއާއި ގުޅިގެން މިއަދުގެ މަޖިލީހުގައި ރިޔާސަތު ބެލެހެއްޓެވި އީވާ ވިދާޅުވީ މެންބަރުން މަޖިލީހުގައި ވާހަކަ ދައްކަން ޖެހޭނީ ތެދު ބަހުން ކަމަށް މަޖިލީހުގައި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

”އާދެ މަޖިލީހުގެ ގަވައިދަކު ނޯންނާނެ ތެދު ބަހުން ވާހަކަ ދެއްކުމަކަށް. އެހެންވީމާ އެއީ ނިޒާމާ ބެހޭ މައްސަލައެއް ނޫންކަން އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެ“

އީވާ ވިދާޅުވިއެވެ.

އީވާގެ އެ ވާހަކައަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ، އިސްލާމް ދީނާ ހިލާފު ނުވާ ގޮތަށް ވާހަކަދައްކަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ. މީހުންނާ ގުޅޭ ގޮތުން ކަނޑައެޅިގެން ދޮގު ހެދުމަކީ އިސްލާމް ދީނުގައި މަނާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އީވާ ވަނީ ތަކުރާރުކޮށް ރޮޒައިނާ ނެންގެވި ނިޒާމީ މައްސަލަތައް ބަލައިނުގަނެ، ޝިޔާމަށް ވާހަކަ ދެއްކުމުގެ ފުރުސަތު އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: