ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނިކުންނާނީ ޝާހިދު؟ 

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޯޕަނިންގ ސްޓޭޓްމަންޓް ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުކަމަށް ދޭހަވާގޮތައް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަފުޅު ދައްކަވައިފިއެވެ.

ރައްޔިތުން މަޖިލީހުން އިންތިޒާމް ކުރާ “އާސްކް ސްޕިކާ” ޕްރޮގްރާމް މިރޭ ފައްޓަވަމުން ފުރަތަމަ ސުވާލެއްގެ ގޮތުގައި ބެލުންތެރިޔަކު އަމާޒުކުރި ސުވާލަކީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ނަޝީދު ބަލިވެއްޖެނަމަ އެމަނިކުފާނު މޮޅުވާ ކެންޑިޑޭޓަކަށް ތާއިދު ކުރައްވާނަންތޯއެވެ.

އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވިނަމަވެސް ނަޝީދުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވިނަމަވެސް އެމަނިކުފާނުގެ ތާއިދުނެތް ކަމަށާއި ނަމަވެސް ޝާހިދު އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބަށް ނިކުންނަވަން ތާއިދު ކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަން ފޮރިން މިނިސްޓަރު ޝާހިދު މަސައްކަތް ކުރެއްވުމުން ރައީސް ސޯލިހަށް ފުރުސަތު ދެއްވީ އެ ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ގަބޫލުކުރެއްވުމުން ކަމަށެވެ.

“އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި މަޑުކުރަން ދެންނެވިއިރުގައި އަޅުގަނޑަށް ވެސް ވަރަށް ސާފު އެ ބޭފުޅާއަކީ ރާއްޖޭގައި ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއް،” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން އިންތިޚާބެއްގައި ވާދައެއް ނުކުރައްވާނެ އެވެ. އަދި އަބަދުވެސް ދެމި ހުންނަވާނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ މަނިކުފާނު ޕާޓީއަކާ ކޯލިޝަނެއް ހަދާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 44%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 4%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. އަބުދުﷲޝާހިދު ރާއްޖޭގެރައީސްކަމަށް ގިނަޢަދަދެއްގެ ރައްޔަތުންވޯޓު ދޭނޭކަންޔަީންވޭ،

  2. ގުރި ރޯނު. ފިތުނަ. ބައިބައި ކޮށްލުން.
    ޕާލަމެންޓްގެ ރައީސް ކަމަށް ވާދަ ކުރި އިރު ކުޅުނު ގޭމް ހަނދާން އެބަ ހުއްޓޭ އަބްލޯ ޝާހިދު ބުނީ.
    އިބޫއާ އަބްދުﷲ ސޯލިހާ ދެމީހުން ރޭ ފޯނުން ވާހަކަ ދައްކާފަ ހިނި ގަޅަން ތިބީ

  3. ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގޭ ބުރާންޗެއް. މަރު ގަބޫލު ކުރޭ ބާ؟ ސުވަރުގެ އާއި ނަރަކަ ވާކަން ޤަބޫލު ކުރޭބާ؟ އަމިއްލައަށް ދެބޯގެރި ހެދިގެން އުޅޭ ލުއްޗާއެއް.

  4. ދިވެހިރާއްޖެ އަށް ބޭނުންވާނީ އިސްލާމީ ލީޑަރެއް. ޝާހިދުގެ ކިބައިގައި އެ ސިފައެއް ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: