ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާމް ޕާޓީއާ ކޯޅިޝަން ހަދައިގެން އެމްޑީޕީގެ ސަރުކާރެއް އުފައްދަން ރައީސް ނަޝީދަށް އޯކޭ!

މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް އަދި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މީދޫގެ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައިންސް (އެމްޑީއޭ) އާއި ކޯލިޝަން ހަދައިގެން އެމްޑީޕީން ސަރުކާރެއް އުފެއްދުމަކީ ބޭނުންތެރި ކަމެއް ކަމަށް އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ސަން ސިޔާމްގެ އެމްޑީއޭއާއިއެކު ކޯޅިޝަން ހެދުމާއި ގުޅޭ ގޮތުން ”އާސްކް ސްޕީކަރ“ ޕްރޮގުރާމުގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމުގައި ކޯޅިޝަން ހަދައިގެން ސަރުކާރެއް އުފެއްދުމަކީ އެމަނިކުފާން ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބާއްވާ އިންތިހާބަށް ފަހު އެމްޑީޕީން ސަން ސިޔާމްގެ އެމްޑީއޭއާއިއެކު ކޯޅިޝަން ހަދަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އެމްޑީއޭއާއިއެކު ކޯޅިޝަން ހެދުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ސަން ސިޔާމްގެ އެމްޑީއޭއާއިއެކު ކޯޅިޝަން ހެދުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވާދަ ކުރެއްވުމަކީ އެމްޑީޕީއަށް ގެއްލުން ހުރި ކަމެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙްއާއި އެމަނިކުފާންގެ ބަދަލުގައި ނިކުންނަން ޖެހޭނީ އެހެން ބޭފުޅެއްތޯ ނުވަތަ ތިން ވަނަ ފަރާތެއްތޯ އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުަވަސްތަކުގައި އެމްޑީޕީގެ މެމްބަރުން އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގިނަ ކެނޑިޑޭޓުން ވާދަކުރާނެކަމަށް ބެލެވޭއިރު، ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި އޮތީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުން އުފެދިފަ އެވެ. ހާއްސަކޮށް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ރައީސް މުހައްމަދު ނަޝީދަށް އެ ފުރުސަތު ނުލިބޭނެކަމަށް ދޭހަވާ މޭރުމަކުން ޕާޓީގެ އެތެރޭގައި ވާހަކަތައް ދެކެވޭއިރު ރައީސް ސޯލިހު ވަކީން ނިކުމެ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫވާނެ އެވެ.

ވެރިކަމަށް ހަތަރު އަހަރުވާން ގާތްވެރިވާއިރު، ކޯލިޝަން ދަމަހައްޓައި ޕާޓީތަކުން ލޮބީ ކުރާ ކަންކަން ސަރުކާރުން ކުރައްވަނީ މި ސަބަބާއި ހުރެކަމަށް ބެލެވެ އެވެ. އަދި ރައީސް ސޯލިހާއި، އެމަނިކުފާނާއި އަރިސް މެމްބަރުން ކޯލިޝަނުގެ ވަޒީރުން ވަރަށް ބޮޑަށް ދިފާއު ވެސް ކުރައްވަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 65%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޖަހާފައިން ފޮޓޯއިން އެނގޭ ފިތުނަ ޚަބަރެއްކަން. އާއްމުކޮށް ނޫސްތަކުން އެބަޔަކު ދެކޮޅުވާ ލީޑަރުގެ ވީހާވެސް ހަޑި ފޮޓޯއެއް ޖެހޭތޯ ބަލާ. ޢެންމެނަށް އެނގޭ.

  2. ވެރިކަމާ ހެދި ހޭދެބައިވިޔަސް ތީބޮޑުވަރު… ވެރިކަން ހޯދަންވީމާ ކޯލިޝަން… ހަމަ ލިބުމާ އެކީ ނޯކޯލިޝަން… ކައެ ދޭބަ ގޮންޑިދުއްވަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: