ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙްއާއިއެކު އެމްޑީޕީއަށް 2023 ނުލިބޭނެ: ހަސަން ލަތީފް

ރައީސް ސާލިޙް ހަސަން ލަތީފްއާއި ސަލާން ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއިއެކު އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުލިބޭނެ ކަމަށް އެންޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައި މިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެނޑިދޭޓެއްގެ ގޮތުގައި ރައީސް ސާލިޙް ނިކުމެވަޑައިގެންފިނަމަ އެމްޑީޕީއަށް ގެއްލުން ވާނެ ކަމަށް އެ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ހަސަން ލަތީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް ސާލިހުގެ ސިޔާސީ ހަޔާތްޕުޅުން އޭނާ ދޫކޮށްލެވެން ނަމަވެސް ކުރިއަށް އިތް ރިޔާސީ އިންތިހާބުގައި އޭނާއަށް ރައީސް ސާލިޙްއާއިއެކު މަސައްކަތް ކުރަން ދަތި ކަމަށެވެ. އަދި ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބް ކޮށްދިނުމަކީ ރައީސް ސާލިޙަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ސާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާފައި ވަނިކޮށް “އާސްކް ސްޕީކަރ” ޕްރޮގުރާމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމަށް ކުރިމަތި ލެއްވިއިރު މިހާރުގެ ފޮރުން މިނިސްޓަރ އަބްދުﷲ ޝާހިދު އެމަނިކުފާނާއި ބައްދަލު ކުރައްވައި އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް އޭރު ޝާހިދުގެ އަރިހުގައި ދެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ޝާހިދުގެ ބަދަލުގައި އިންތިހާބުގައި ވާދަ ކުރެއްވުން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް ސާލިޙް ކަމަށް ވިދާޅުވިއިރު ޝާހިދުއަކީ ވެސް ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާ ހުރިހައި ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން އެމަނިކުފާން ގާބުކު ކުރެއްވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙްއާއި އެމަނިކުފާންގެ ބަދަލުގައި ނިކުންނަން ޖެހޭނީ އެހެން ބޭފުޅެއްތޯ ނުވަތަ ތިން ވަނަ ފަރާތެއްތޯ އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުަވަސްތަކުގައި އެމްޑީޕީގެ މެމްބަރުން އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގިނަ ކެނޑިޑޭޓުން ވާދަކުރާނެކަމަށް ބެލެވޭއިރު، ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި އޮތީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުން އުފެދިފަ އެވެ. ހާއްސަކޮށް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ރައީސް މުހައްމަދު ނަޝީދަށް އެ ފުރުސަތު ނުލިބޭނެކަމަށް ދޭހަވާ މޭރުމަކުން ޕާޓީގެ އެތެރޭގައި ވާހަކަތައް ދެކެވޭއިރު ރައީސް ސޯލިހު ވަކީން ނިކުމެ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫވާނެ އެވެ.

ވެރިކަމަށް ހަތަރު އަހަރުވާން ގާތްވެރިވާއިރު، ކޯލިޝަން ދަމަހައްޓައި ޕާޓީތަކުން ލޮބީ ކުރާ ކަންކަން ސަރުކާރުން ކުރައްވަނީ މި ސަބަބާއި ހުރެކަމަށް ބެލެވެ އެވެ. އަދި ރައީސް ސޯލިހާއި، އެމަނިކުފާނާއި އަރިސް މެމްބަރުން ކޯލިޝަނުގެ ވަޒީރުން ވަރަށް ބޮޑަށް ދިފާއު ވެސް ކުރައްވަ އެވެ.

މީޑިއާތަކާއި އެކު އޮތް ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ރައީސް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީ އިތުރު ދައުރަކަށް ހޮވި، ވެރިކަމަށް އައުން ކަމަށެވެ. އަދި ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިޔަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ކަމަށާއި ގިނަ ޕާޓީތަކެއް އެކުވެގެން ނޫނީ ވެރިކަމަށް ނާދެވޭނެކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާއިއެކު ނުކުމެވަޑައިގެން އެ މަނިކުފާނަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

އެމްޑީޕީއިން އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގްރެސްއިންކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ޗޮއިސްއަކީ އެމަނިކުފާނުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: