ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކޭގައި މޯދީއާއި ދެކޮޅަށް މުޒާހަރާކޮށްފި

ލަންޑަނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީ އަދި ބޮޑު ވަޒީރު ނަރޭންދްރަ މޯދީއާއި ދެކޮޅަށް، ލަންޑަނުގައި މުޒާހަރާކޮށްފިއެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ހިންޑުޓްވާ މޫވްމެންޓް އަދި، އެ ގައުމުގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީއާއި ދެކޮޅަށް އަޑު އުފުލައި، ޔޫކޭގެ ވެރި ރަށް ލަންޑަނުގައި މުޒާހަރާކޮށްފައިވަނީ، އިންޑިއާގެ ރައްޔިތުންނާއި، އޭޝިއާ ބައްރުގެ އެހެނިހެން ގައުމުތަކުގެ މީހުންވެސް ހިމެނިގެންނެވެ.

އިންޑިއާގައި، މުސްލިމުނާއި، އެގައުމުގެ ހިންދޫއިނާއި ދޭތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ގޮވާލައި، ލަންޑަނުގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި، ބައިވެރިންތައްވަނީ، ބޮޑު ވަޒީރު މޯދީއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއްވެސް ދީފައިއެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންވަނީ، އެނާއަކީ، ހުދުމުހުތާރު ވެރިއެއް ގޮތަށް ސިފަކޮށް، އެ ގައުމުގައި މިވަގުތު ހިންގަމުންދާ ރޭޕުތަކާއި، މާރާމާރީ، އަދި މުސްލިމުން މެރުންފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށް ގޮވާލައިފައިއެވެ.

ހިންދޫއިންނާއި، އިންޑިއާގެ މުސްލިމުންނާއި، ދެމެދު ހިންގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގައި، ރޭޕު، މީހުން މެރުން، އަދި މުސްލިމުންގެ ގެތައް ބިމާ ހަމަ ކުރުން ފަދަ އަމަލުތައް ހިންގަމުންދާތީ އަޑު އުފުލައި، ލަންޑަނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންވަނީ، ލަންޑަނުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ހުންނަ ސަރަހައްދަށް ދިއުމަށްވެސް މިސްރާބު ޖަހާފައިއެވެ.

އިންޑިއާގެ ބޮޑު ވަޒީރާއި ދެކޮޅަށް އަޑުއުފުލައި ހިންގި މި މުޒާހަރާގެ ބައިވެރިންވަނީ، އެގައުމުގެ ހިންދޫއިން ނޫން އެހެނިހެން ދީނު ތަކުގެ މީހުންނާއި، އެ ގައުމުގެ ރައްޔިތުން ބަހާފައިވާ އެކި ފަންތިތަކުން ދަށު ފަންތީގެ މީހުންނަށް ކުރިމަތިވަމުންދާ ފުރައްސާރަ ތަކާއިމެދުވެސް ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލާފައިއެވެ.

ޔޫކޭގެ ވެރި ރަށް، ލަންޑަނުގައި، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ، އެ ގައުމުގެ ބޮޑުވަޒީރު އަދި ހިންޑުޓްވާ މޫވްމެންޓާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކޮށްފައިވާއިރު، އެހެން ގައުމުތަކުގައިވެސް އިންޑިއާގެ މުސްލިމުންނާއި، ހިންދޫ ނޫން އެހެނިހެން ދީން ތަކުގެ މީހުންނަށް ކުރިމަތިވެފައިވާ ހާލަތާއިމެދު މުޒާހަރާތައް ކޮށްފައިވެއެވެ. އެގޮތުން ދާދި ފަހުން ކެނަޑާގައި، އެގައުމުގެ ރައްޔިތުންނާއި، އެހެނިހެން ގައުމުތަކުގެ މީހުންވެސް ހިމެނޭހެން މުޒާހަރާ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: