ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތީ ގޮތުން ލަންކާގެ ރައީސް ކަމަށް ބޮޑުވަޒީރު ރަނިލް އައްޔަން ކޮށްފި

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގެ ރައީސް ކަމުގެ މަގާމަށް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އައްޔަން ކޮށްފައިވާ ކަމަށް ލަންލާގެ ޕާލަމެންޓް ސްޕީކަރ ވިދާޅުވެއްޖެއެވެ.

ލަންކާގެ ޕާލަމެންޓް ސްޕީކަރ މަހިންދަ ޔާޕަ އަބޭވަރުދަނަ ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ލަންކާގެ ރައީސްގެ މަގާމަށް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް އައްޔަން ކުރެއްވީ ރައީސް ގޯތަބަޔަ ކަމަށެވެ. އޭގެ އިތުރު އެއްވެސް ތަފްސީޅެއް ލަންކާގެ ޕާލަމެންޓް ސްޕީކަރ ދެއްވާފައެއް ނުވެއެވެ.

ވަގުތީ ގޮތުން ލަންކާގެ ރައީސްގެ މަގާމަށް ބޮޑުވަޒީރު ރަނިލް އައްޔަން ކުރެއްވުމަށް ރައީސް ގޯތަބަޔަ ނިންމެވިއިރު މިއަދަކީ ލަންކާގެ ރައީސް ކަމުގެ ،މަގާމުން އެމަނިކުފާން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ދުވަހެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުގެ ބަދަލުގައި ރައީސް ގޯތަބަޔަ ވަނީ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ، ދިވެހި ރާއްޖެ ވަޑައިގެންފައިވަނީ، އެ ގައުމުގެ އަސްކަރީ އުޅަނދެއްގައި ވައިގެ މަގުންނެވެ. އެނާ ރާއްޖެ އައުމުގެ ކުރިން، އެމެރިކާ، އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ދިއުމަށް މަސައްކަތްކޮށްފައިވާކަމަށާއި، އެހެން ނަމަވެސް އެ ގައުމުތަކުންވަނީ، ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ނުވަންނުމަށް ނިންމައި އެކަމަށް އެހީތަކެއް ނުދިނުމަށް ނިންމާފައިކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ގިނަ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާގޮތުން، ހުދުމުހުތާރު އާއިލީވެރިކަމެއް ކުރަމުންދިޔަ، ގޯޓަބަޔާ، ދިވެހިރާއްޖެ އެތެރެކުރުމުގައި އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ، ދިވެހިރާއްޖޭގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް އެ މަނިކުފާނަށް އެފަދަ ބާރެއް ލިބިފައިނުވެއެވެ.ކުރީގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި މަސައްކަތްކުރައްވާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕު ލީޑަރު އާދަމް ޝަރީފްވެސް ވަނީ، މި ވާހަކަތަކަށް އިޝާރާތްކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: