ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާއަށް ކޮވިޝީލްޑްގެ އިތުރު 10 މިލިއަން ޑޯޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޝީލްޑް ވެކްސިންގެ އިތުރު 10 މިލިއަން ޑޯޒް ހޯދަން ސްރީލަންކާއިން އޯޑަރު ކޮށްފައިވާކަމަށް އެގައުމުގެ މީޑިއާ ތަކުގައި ރިޕޯޓް ކޮށްފިއެވެ.

މީޑިއާ  ތަކުގައި ބުނެފައިވާ ގޮތުގައި އެގައުމުގައި ކޮވިޑް ވެކްސިން ދިނުމުގެ ދެވަނަ ފިޔަވަހީގައި ހަމައެކަނި ބެނުން ކުރާނެ ކަމަށް ބެލެވެނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފައްދާފައިވާ ވެކްސިން އެވެ.

ލަންކާއިން މިދިޔަ މަހު ކޮވިޑް ވެކްސިން ޖަހަން ފެށީ އިންޑިއާއިން ކޮވިޝީލްޑްގެ ފަސް ލައްކަ ޑޯޒް ހަދިޔާ ކުރުމުންނެވެ.

ލަންކާގައި މިހާތަނަށް 80،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: