ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައީސް ނަޝީދު ހިލާފުވެއްޖެ: އެމްއާރުއެމް

ރައީސް ނަޝީދު އެމްއާރުއެމްގެ ރައީސް މައުމޫނާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޕް 27ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުން ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން އެކަން ކުށްވެރިކޮށްފިއެވެ.

މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރަންސް، ކޮޕް 27 ގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުމަކީ، އެމްއާރުއެމްއިން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ޕާޓީއިން މިކަމާއި ގުޅިގެން ނެރުން ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީ އިން ދެކޭ ގޮތުގައި، މިއީ ދިވެހި ދައުލަތުގެ މަޞްލަޙަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެއްކަމަށް އެމްއާރުއެމް އިން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއިންވެސް ބައިވެރިވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި، އެހެން ޤައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއްކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުމުވެސް ކުރިން ފުރުއްވާފައިވާ، އަދި މިހާރު ރައްޔިތުން އިންތިޚާބުކޮށްފައިވާ އެމީހުންގެ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ތިންބާރު ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް މުޙައްމަދު ނަޝީދު މިފަދަ އަމަލެއް ހިންގެވުމަކީ އެމްއާރުއެމް އިން ވަރަށް ބޮޑަށް ކުށްވެރިކުރާކަމެއްކަމަށް ޕާޓީއިން ބުނެފައިވެއެވެ.

އިއްޔަ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ކޮންފަރެެންސްގައި ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ފުރައިވަޑައިގެންފިކަމަށެވެ. އެއާއިއެކު އެމަނިކުފާނަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކުރީ ރާއްޖޭގެ ބަދަލުގައި، އެހެން ގައުމެއް ތަމްސީލުކުރައްވަން ވަޑައިގެންނެވީމައެވެ.

މި ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް ) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ އިންތިޒާމް ކުރާ ބައްދަލުވުމުކެވެ. ރައީސް ނަޝީދު މިސްރަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި ސީވީއެފް އާއި 20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާއިއެކު ކޮޕް 27 ގެ ހަވާސާއިގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއަކީވެސް ސީވީއެފްގެ މެމްބަރު ގައުމަކަށްވީއިރު، ރައީސް ނަޝީދު ރާއްޖޭގެ ބަދަލުގައި ސްރީ ލަންކާ ތަމްސީލުކުރައްވާއިރު، ސްރީލަންކާގެ ހާލަތު ގޯސްވެ، އެ ގައުމު ބަނގުރޫޓުވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ރައީސް ނަޝީދު ވަނީ އެ ގައުމުގެ އިގްތިސޯދީ ހާލަތު ހަމައަކަށް އެޅުވުމަށް އެހީވުމަށް ކުރިމަތިލައްވާފައެވެ. އަދި އެގައުމުން ވަނީ އެކަން ބަލައިގެންފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: