ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި މޫނު ބުރުގާއެޅުން މަނާކޮށް، 1،000 އިސްލާމިކް ސްކޫލް ބަންދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޝްރީ ލަންކާގައި ޤައުމީ ސަލާމަތަށް ކަމަށް ބުނެ، އިސްލާމީ ތަޢުލީމުދޭ 1،000 ސްކޫލު ބަންދުކޮށް، މޫނު ބުރުގާ އެޅުން ވެސް މަނާ ކޮށްފިއެވެ.

އެގައުމުގެ އަވަށެށްކަމަށްވާ ކަލުތަރައިގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސަރަތު ވިދާޅުވީ، ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި މޫނު ބުރުގާއެޅުން މަނާކުރުމަށް، ކެބިނެޓް ޕެޕަރުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މޫނު ބުރާގާ މަނާކުރުމުގެ އިތުރުން ރަޖިސްޓްރީނުކޮށް ހިންގަމުން އަންނަ 1،000 އިސްލާމިކް ސްކޫލްތައްވެސް ބަންދުކުރާނެ ކަމަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރުވެސް ލަންކާގައި މޫނު ބުރުގާ އެޅުން ވަގުތީ ގޮތުން މަނާ ކުރިއެވެ. އެއީ އައިއެސް ޖަމާއަތުން އެޤައުމުގެ ޗާޗުތަކަކަށް ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން ނިންމި ނިންމުމެކެވެ. ނަމަވެސް ފަހުން އެނިންމުން އުވާލާ، މުސްލިމުން މޫނު ބުރުގާ އެޅުމުގެ ހުއްދަ އެއަހަރު ތެރޭގައި ވަނީ އަލުން ދީފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: