ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ ރައީސް ރާއްޖެއައުމާގުޅިގެން ކުރި މުޒާހަރާގައި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

ލަންކާގެ ހަމަނުޖެހުމާއި ގުޅިގެން މާލޭގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ފިއްލަވައިގެން ރާއްޖެ އައުމާއި ގުޅިގެން، އެ ގައުމުގެ ރައްޔިތުންތަކެއް ދިވެހިރާއްޖޭގެ ވެރިރަށް މާލެސިޓިގައި ކުރިއަށް ގެންދިޔަ، ސުލްހަވެރި އިހުތިޖާޖު ހުއްޓުވައި، ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސްރީލަންކާގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރަމުންދިޔަ ގޯޓަބަޔާ، ދިވެހި ސަރުކާރުގެ ހިމާޔަތުގެ ދަށުން، ރާއްޖެއައުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންތަކެއް މާލެ ސިޓީގައި ހިންގަމުންދިޔަ މުޒާހަރާ ހުއްޓުވައި، އެ މީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ތެރޭގައި ފުލުހުންވަނީ، ލަންކާ ރައްޔިތުންތަކެއް ހިފައިގެންތިބި، އެ ގައުމުގެ ދިދަތައްވެސް ނަގާފައިއެވެ. އަދި އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމުގެ ތެރޭގައި ބައެއް ފަރާތްތައްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ، ލަންކާގެ ރައްޔިތުންނާއިމެދު އެ މުއައްސަސާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައިއެއް ނުވެއެވެ.

ސްރީލަންކާގައި އެތައް ހާސް ރައްޔިތުންނެއް ކުެަމުންދާ މުޒާހަރާތަކުގެ ތެރެއިން އެ ގައުމުގެ ރައީސް ގޯޓަބަޔާއަށްވަނީ އިސްތިއުފާދިނުމަށް މަޖުބޫރުވެފައިއެވެ. އަދި އެނާ ދިރިއުޅެމުންދިޔަ، ރިޔާސީ ގަނޑުވަރު، ރައްޔިތުންގެ ބާރުގެ ދަށަށް ގެންދިއުމާއި ގުޅިގެން، އެނާ ވަނީ އެތަން ދޫކުރައްވައި ފިއްލަވާފައިއެވެ.

ރައީސް ގޯޓަބަޔާވަނީ، ދިވެހިރާއްޖެ ވަޑައިގަތުމުގެ ކުރިން، އަސްކަރީ އުޅަނދެއްގައި އެހެން ގައުމުތަކަށް ފުރާ ވަޑައިގަތުމަށްވެސް މަސަައްކަތްކޮށްފައިއެވެ. އެހެން ނަމަވެސް، އެ މަގުތައް ފަހި ވެފައިނެތުމުން، އެނާ ވަނީ ދިވެހި ސަރުކާރުގެ އެހީގައި، އެ ގައުމުގެ އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގެންފައިއެވެ.

ގިނަ ފަރާތްތަކުން، ތުހުމަތު ކުރާ ގޮތުން، އެއަރޕޯޓުގެ މުއައްޒިފުންނަށްވެސް އޮޅުވާލައިގެން، ގޯޓަބަޔާއަށް ރާއްޖެ އެތެރެވުމަށް މަގު ފަހިކޮށްދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެން ނަމަވެސް އިދިކޮޅުން ފާހަގަކުރާ ވާހަކަތަކުންނާއި، އޭވިއޭޝަން ގަވައިދުތަކުންވެސް އެ މަނިކުފާނަށް އެފަދަ ބާރެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ރާއްޖޭގެ ވައިގެ ސަރަހައްދަށް އެހެން ގައުމެއްގެ އަސްކަރީ އުޅަނދެއް ވަންނަ ނަމަ ޑިފެންސް މިނިސްޓީގެ  ރުހުން ހޯދަންޖެހެއެވެ. އަދި އެހެން ގައުމެއްގެ ރައީސަކު ގޮވައިގެން އައި ނަމަވެސް އެހެން ގައުމަކުން ރާއްޖެ އެތެރެވާ ކަމުގައި ވާނަމަ ފޮރިން މިނިސްޓްރީ އިން ވެސް ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: