ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންގަޕޯއަށް ދިއުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސައި ދިނުމަށް ގޯޓަބަޔާ ދިވެހި ސަރުކާރުގައި އެދިއްޖެ

ރައީސް ސާލިހު އަދި ރައީސް ގޯޓަބަޔާ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއްލަވައިގެން ދިވެހިރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ސިންގަޕޯއަށް ފުރާވަޑައިގަތުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސައި ދިނުމަށް ދިވެހި ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް ބައިނައްލަޣުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރައީސް ގޯޓަބަޔާ ވަނީ ސިންގަޕޯ ފްލައިޓުން ދަތުރު ކުރައްވަން ދެކޮޅު ހައްދަވާފައެވެ. އެގޮތުން ސިންގަޕޯއަށް ދިއުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސައި ދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިހާރު ދިވެހި ސަރުކާރާއި ރައީސް ރާޖަޕަކްސައާއި ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ގޮޓަބަޔާ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިންގަޕޫރަށް ފުރާވަޑައިގަންނަވާނީ، ފްލައިޓް ނަމްބަރު SQ437 މެދުވެރިކޮށެވެ. ނަމަވެސް އެ ފްލައިޓް މިހާރު ވަނީ ފުރާފައެވެ.

ރައީސް ގޯޓަބަޔާ ސިންގަޕޯއަށް ދިއުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސައި ދިނުމަށް ދިވެހި ސަރުކާރުގައި އެދިވަޑައިގެންފައިވާއިރު ރައީސް ގޯޓަބަޔާގެ އިސްތިއުފާގެ ސިޓީ ލަންކާގެ ޕާލަމެންޓް ސްޕީކާއާއި ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވި ވަގުތު މިހާރު ވަނީ ހަމަވެފައެވެ.

އެގޮތުން ޕާޓީތަކުގެ އިސްވެރިންނާއިއެކު ބޭއްވި ބައްދަލުވުމުގައި ލަންކާގެ ޕާލަމެންޓް ސްޕީކަރ ވިދާޅުވީ 13 ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އިސްތިއުފާގެ ސިޓީ ހަވާލު ކުރައްވާނެ ކަމަށް ރައީސް  ގޯޓަބަޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެގޮތަށް ވިދާޅުވީ ފޮނުން ގުޅުއްވާފައި ކަމަށް ވެސް ލަންކާގެ ޕާލަމެންޓް ސްޕީކަރ ވިދާޅުވިއެވެ.

ގޮޓަބަޔާ މިވަގުތު ހުންނެވީ ސީދާ ކޮންތަނެއްގައިކަން ކަށަވަރު ނުވީ ނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓު ކުރާގޮތުގައި އޭނާ ހުންނެވީ އިތާފުށި ރިސޯޓުގަ އެވެ. ތަން ހިނގަނީ މުހައްމަދު އަލީ ޖަނާހުކަމަށް ސޯޝަލް މީޑިއާގައި އަޑުތަށް ފެތުރިފައިވާތީ ޖަނާހުއަށް “ސަންގު” އިން ގުޅުމުން ވިދާޅުވީ ތަން ހިނގުމާއި ހަވާލުވެ ހުރީ އޭނާ ނޫންކަމަށާއި ރިސޯޓު މެނޭޖު ކުރަނީ ހިލްޓަންއިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: