ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރަން އަންގައިފި

ރައުދާ އާތިފް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރުމަށް އެގައުމުގެ ކޯޓަކުން އަންގައިފިއެވެ.

އެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ބަންގްލަދޭޝްގެ ފުލުހުންނަށް އެންގީ އެ ގައުމުގެ ރާޖް ޝާހީ މެޓްރޯޕޮލިއަން މެޖިސްޓްރޭޓް ކޯޓުންކަމަށް އެގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ރައުދާ ދަންޖެހިފައި ހުއްޓައި ފެނުނު ކަމަށް މައުލޫމާތު ލިބިފައިވަނީ 2017 ވަނަ އަހަރުގެ މާޗްމަހު ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ހޮސްޓެލް އެއްގައި ރައުދާ ދިރިއުޅެމުން ދިޔަ ކޮޓަރިތެރޭގައެވެ.

ރައުދާގެ މަރު ތަހުގީގުކޮށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ނެރުނު ރިޕޯޓްގައި އޭރު ބުނެފައިވަނީ ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ. އެކަމުގެ ސަަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ރައުދާގެ ލޯބިވެރިޔާއާއި ދެމެދު ޖެހުނު މައްސަލަތަކެވެ.

ނަމަވެސް ރައުދާގެ ބައްޕަ މުހައްމަދު އާތިފް ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ. އަދި އެމައްސަލަ ތަހުގީގު ކުރުމަށް އާތިފް އެދިފައިވެއެވެ.

ރައުދާގެ ބައްޕަގެ ފަރާތުން އެމައްސަލަ ކޯޓަށް ހުށައެޅު ވަކީލު އަސްލަމް ސަރްކާރު އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ރައުދާ ދަން ޖެހުނީ ފަންކާގައި ޝޯލް އެއް އަޅުވައިގެން ކަމަށްވާނަމަ ފަންކާއަށްވެސް ގެއްލުންތަކެއް ލިބޭނެ ކަމަށާއި ރައުދާ ދަންޖެހިފައި ހުއްޓައި ފެނުމުން އެ ކޮޓަރިއަށް މީހުން ވަނީ ދޮރު ހަލާކުކޮށްލައިގެން ކަމަށް ބުނާއިރު، ހަލާކުކޮށްލައިގެން ވަތް ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން އެ މައްސަލައިގެ ތަހުގީގުގައި އިހުމާލުވެފައިވާ ކަމަށެވެ.

ކޯޓުން އެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ނިންމީ އެ ސަބަބުތަކަށް ޓަކައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ބަންގްލަދޭޝްގެ ސަރުކާރުން އެންމެ ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް އޭނާގެ ބައްޕަ މުހައްމަދު އާތިފް އެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދުނެވެ. އަދި އެމައްސަލަ އަލުން ތަހުގީގު ކޮށްދިނުމަށް އެދި 2019 ވަނަ އަހަރު އޭނާ ވަނީ ކޯޓަށް ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: