ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ އަކީ ޝިރުކެއް ނޫން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާއަކީ ޝިރުކެއްނޫންކަމަށް ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްމިވެރިންނަށް ގޮން ޖައްސަވައިފިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ މަޝްރަހުގައި ޔޯގާއަކީ އިސްލާމް ދީނުގައި ހުއްދަ އެއްޗެއްތޯ ނުވަތަ ނޫންތޯ ބުނެ ގިނަ ބަހުސްތަކެއް ކުރެވެމުންނެވެ. އަދި ދިވެހިރާއްޖޭގެ ގިނަ އިލްމްވެރިންތަކެއް އަންނަނީ މިއީ ދީނާއި ހިލާފު ދީން ހުއްދަ ނުކުރާ ހަރަކާތެއްގެކަމުގައި ބުނަމުންނެވެ.

ނަމަވެސް ރައީސް ނަޝީދު ޓްވީޓެއް ކުރައްވާ ވިދާޅުވެފައިވަނީ ޔޯގާއަކީ ޝިރުކެއްކަމަށް ދަންނަ ބޭކަލުންގެ އިޖުމާއުއެއް ނެތްކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގެނަން ދަތިކަމަށެވެ

ރާއްޖޭގައި ޔޯގާ އާއިމެދު މި ބަހުސްތައް ފެށުނީ ޔޫތް މިނިސްޓްރީއިން އިސް ނަގައިގެން ރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ވަރަށް ކުލަގަދަކޮށް ފަހަގަކުރަމުގެ ސަބަބުންނެވެ.

ގިނަ އިލްމްވެރިންތަކެއް އައީ ޔޯގާ އާއި ދެކޮޅަށް އަޑުއުފުލާ ހަރަކާތް ކުރިއަށް ނުގެންދިޔުމަށްވެސް ގޮވާލާ އިހްތިޖާޖުކުރަމުންނެވެ. އާންމުން އަދި ދީނީ ގިނަ އިލްމްވެރިންތަކަކާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ވަނީ ރާއްޖޭގައި ކުރިއަށް ގެންދަމުން ދަނިކޮށް އާންމުގެ ބަޔަކު، ހަރަކާތް ކުރިއަށް ގެންދިޔަ ގަލޮޅު ދަނޑަށް ވަދެގަނެ ހުއްޓުވާ، ހަމަނުޖެހުން ހިންގާފައެވެ. މިކަމާއި ގުޅިގެން ސަރުކާރުން ދަނީ ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅާ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

އެގޮތުން ޔޯގާ ޑޭގައި ހިގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން ވަނީ 24 މީހަކު ހައްޔަރުވެސް ކުރެވިފައެވެ. ނަމަވެސް މިއަށްވުރެ މާ ބޮޑެތި މައްސަލަތައް ރާއްޖޭގައި ފެންމަތިވަމުންދާއިރުވެސް ސަރުކާރުން ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: