ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ރައީސް ނަޝީދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮށްކޯފުޅު، މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާނު ވަނީ، ނާޒިމްގެ ދިފާއުގައި ނިކުންނަވާ ޓްވީޓެއް ކުރައްވާފައެވެ. ޓްވީޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރީ އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ ކަމަށެވެ. އަދި ނާޒިމް ހައްޔަރު ކުރީ ސިޔާސީ ނުފޫޒެއްގެ ތެރެއިން، ސިޔާސީ މަންފާ ހޯދުމަށްކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ނާޒިމް ހައްޔަރު ކުރީވެސް ގާނޫނާއި ހިލާފަށްކަމަށެވެ. އަދި އޭގެ ބޭނުމަކީ ކޯލިޝަނުގައި ތިބި ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ހިތްރުއްސުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެ
މިކަމާއި ނުރުހުންވުން ފާޅުކޮށް މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ކުރެއްވި ޓްވީޓުގައިވަނީ ނަޝީދަކީ އިންސާފު ނުވަތަ ޙައްޤުތަކޭ ކިޔާފައި އަނގަ ހުޅުވޭވަރު މީހެއް ނޫންކަމަށެވެ. އަދި ރައީސް ނަޝީދަށް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަކީ ގާނޫނު ނުހިނގާ ބައެކޭ ހީވަނީތޯ މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވަނީ އައްސަވާފައެވެ. ލޮލަށް ފެންނަ ކަންތައްތަކުގެ މައްޗަށް ވެސް ރައީސް ނަޝީދުގެ މޮޅު ޑިމޮކްރަސީ ނެރުއްވަނީކަމަށް ވިދާޅުވެ، ވަނީ ފާޑުކިޔުންވުން އަމާޒުކުރައްވާފައެވެ. ރައީސް ނަޝީދު ހިތުން އެމަނިކުފާނަކީ މަންޑޭލާކަމަށާއި ނަމަވެސް ކަމުން އެއީ މުގާބޭކަމަށް މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ގެ ޓްވީޓުގައިވެއެވެ. އަދި ކޮށްކޯފުޅޫ ނާޒިމް ސައްތާރަށް ހައްގު ހޯދައިދޭން ޔޫކޭއަށް ދިޔުމަށް ގޮވާލާ ވަނީ ބޮޑެތި ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް ރައްދު ކުރައްވާފައެވެ.
ބަލަ ކަލެއާއި ކަލޭގެ އާއިލާ އަކީ ގާނޫނު ނުހިނގާ ބައެއްކަމަށް ކަލެއަށް ހީވަނީތަ… ލޮލަށް ފެންނަ ކަންތައްތަކުގެ މައްޗަށް ވެސް ކަލޭގެ މޮޅު ޑިމޮކްރަސީ ހިތުން މަންޑޭލާ… ކަމުން މުގާބޭ… އަވަހަށް ދޭ ޔޫކޭ އަށް ކޮއްކޯފުޅަށް ބޭނުން ހައްގު ހޯދަދޭން … @MohamedNasheed
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) July 28, 2022
މޮސްޓާގެ އިތުރު ޓްވީޓެއްގައި ރައިސް ނަޝީދަކީ އިންސާފޭ ކިޔާ އަނގަ ހުޅުވޭނެ މީހެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނާޒިމް ސައްތާރާއި އަދިވެސް ހައި ޕްރޮފައިލް ގިނަ ބަޔެއްގެ ވަނީ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފައެވެ. ބޮޑެތި ފާފަތަކާއި ފާހިޝްކަންކަމަށް އަރައިގަންނަމުންދާއިރުވެސް، އެ ފަރާތްތަަށް ހައްޔަރު ނުކުރާކަމުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެ، އާންމު ރައްޔިތުން ކުރި ޕްރެޝަރުގެ ސަބަބުން މިހާރު ވަނީ ނާޒިމް ސައްތާރާއި އަދި އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރު ކޮށްފައެވެ. ފިޔަވަޅު ނޭޅި ގިނަ ދުވަސްވުމުގެ ސަބަބެއްކަމަށް ފުލުހުން ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުން ފެންނަ ފަރާތްތަށް ދެނެގައުމަށް ވަގުތު ނެގުންކަމަށެވެ.

