ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު އިންސާފާއި މެދު ނަޝީދަށް ވިސްނުނީ ކޮއްކޮ އާއި ޖެހުމުން: މަލީހު

ރައީސް މުހައްމަދު ނަޝީދާއި، މަލީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިހާރު ފެންނަމުންދާ މަންޒަރުތައް ފެނިގެންދާ ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންސާފުގެ ދަތުރުގެ އޮޑި ކަންޑު ފައްތާލާފައިވުންކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

250 މީހަކު ހެމެނޭހެން އެއްޖިންސުން ގުޅުން ހިންގި، މައްސަލައެއް އާންމުވެ އެކަމުގެ ތެރޭގައި ޝާމިލުވެފައިވުމުގެ ތުހުމަތުގައި، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އެ މަނިކުފާނު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަމާޒު ކުރެއްވި ތުހުމުތުތަކާއި ގުޅުވައި މަލީހު ވިދާޅުވީ ރައީސް ނަޝީދަކީ އިންސާފަށް ލޯބިކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. އަދި އެ މަނިކުފާނުގެ ކޮއްކޮ ނާޒިމް ހައްޔަރު ކުރުމުން ރައީސް ނަޝީދު އަމަލުކުރެއްވި ގޮތަށް އެނާ އިޝާރާތްކުރެއްވި އެވެ.

ރައީސް ނަޝީދަކީ އެއް އިރެއްގައިވެސް އިންސާފަށް ލޯބި ކުރެއްވި ބޭފުޅެއް ނޫންކަމަށް ފާހަގަކުރައްވާ މަލީހު ވިދާޅުވީ، އެ މަނިކުފާނުގެ ކޮއްކޮއާއި ޖެހުމުން، އިންސާފަކީ މުހިންމު އެއްޗަކަށް ވެގެންދާކަމަށެވެ. އަދި އެހެނިހެން ފަރާތްތަކުގެ ކަންކަމުގައި އެ މަނިކުފާނަށް އިންސާފުވެރިކަން މުހިންމު ނޫންކަމަށްވެސް އެނާ ސިފަ ކުރެއްވިއެވެ.

ރައީސް ނަޝީދަށް އިންސާފު މުހިންމުވަނީ، އެ މަނިކުފާނުގެ އަމިއްލަ މަސްލަހަތު ހިމެނުމުންކަމަށް ފާހަގަކުރައްވާ މަލީހު ވިދާޅުވީ، ރައީސް ނަޝީދު އުޅުއްވަނީ، ޖުޑިޝަރީ އިސްލާހު ކުރައްވާނެކަމަށް ވިދާޅުވަމުންކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނު ކުރައްވާފައިވާ މަސައްކަތަކީ، އެ މުއައްސަސާ މުށުތެރެއަށް ލުންކަމަށާއި، އެގޮތުން މިހާރު މި ފެނިގެންދަނީ، އެ މަނިކުފާނު އިންސާފުގެ ދަތުރުގެ އޮޑި، ކަނޑުފައްތާލާފައިވުމުގެ ނަތީޖާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި ދީނާއި ހިލާފު އަމަލުތައް ގިނަވެ، އެކަމުގެ ސަބަބުން، ބަލިތަކެއް ފެތުރިފައި އޮވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދުވަނީ، ސަރުކާރަށް ތުހުމަތުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ސިފަކުރެއްވި ގޮތުން ނާޒިމް ހައްޔަރު ކުރެވިގެންދިޔައީ، އެނާ އަކީ، އެމަނިކުފާނުގެ ކޮއްކޮއަށް ވުމުންކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުގެ ކޯލިޝަންގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ފަރާތްތަކެއް ވާކަމަށްވެސް ރައީސް ނަޝީދު ތުހުމުތު ކުރެއްވިއެވެ.

ރައީސް ނަޝީދު ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވުމާއި ގުޅިގެން، އާންމުނާއި، ސިޔާސީ އިސްވެރިންގެ ފަރާތުންވެސް އެ މަނިކުފާނަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ފާހަގަކުރާގޮތުން، އެ މަނިކުފާނު މަސައްކަތްކުރައްވަމުންދަނީ، އެ ޖިންސުން ގުޅުން ހިންގުމަށް ތާއީދުކޮށް، ވަކާލާތުކުރާ، ޖަމިއްޔާތަކުގެ އެހީ ހޯއްދެވުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: