ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލުވެރިކަމަކީ ސިޔާސީ މަންފާއަކަށްޓަކައި ދައްކަންޖެހޭ މޫސުމީ ވާހަކައަކަށް ވެގެންނުވާނެ: ޑރ ޝަހީމް

އައިއޯސީސގެ ރައީސް މުޙައްމަދު ޝަހީމް އަލީ ސައީދު / ޓައިމްސް އޮފް އައްޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުލުވެރިކަމަކީ ސިޔާސީ މަންފާއަކަށްޓަކައި ދައްކަންޖެހޭ މޫސުމީ ވާހަކައަކަށް ވެގެންނުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ސިޔާސީ އިސްފަރާތްތަކާއި އާއިލާގެ ބައެއް މެންބަރުން ހައްޔަރުކުރެވިފައިވާ މިދަނޑިވަޅުގައި ޝަހީމް ކުރެއްވި ޓުވީޓުގައިވަނީ އަދުލުވެރިކަމަކީ ﷲގެ ހަޒްރަތުގައި ވަރަށްބޮޑު ކަމެއްކަމަށާއި އެއީ ސިޔާސީ މަންފާއަށްޓަކައި ދައްކަންޖެހޭ މޫސުމީ ވާހަކައަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ހައްޤުގޮތުގައި އަދުލުވެރިކަން ޤާއިމްކުރުމަކީ މުއްސަންޖަކާ ފަޤީރެއް، ތިމާގެ މީހާއާއި އެނޫން މީހެއް ބެލުމެއްނެތި އިންސާފް ޤާއިމްކުރުންކަމުގައި އޭނާ ބުނެފައިވެއެވެ.

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ޤާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ހައްޔަރުކޮށް ބަންދަށްވަނީ 7 ދުވަސް ޖަހާފައެވެ. އަދި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރުމާއެކު އެމަނިކުފާނުވަނީ ކޮއްކޮ ދިފާޢުކޮށް ޓުވީޓުވެސް ކުރައްވާފައެވެ. ބެލެވޭ ގޮތުންނަމަ މިއީ ރައީސް ނަޝީދަށް ނުސީދާ ގޮތެއްގައި ނަމަވެސް ޑރ ޝަހީމް ދެއްވި ރައްދެކެވެ. އިންސާފުގެ ކުރިމަތީ ކޮށްކޮއެއް ބޭނެއެއް ތަފާތުކުރުމެއް ނޯންނާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: