ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއެއްގެ ބަދިގެ ތެރެއިން ފެނުނީ ބޭކިން ޕައުޑަރުކަން ނުވަތަ ޑްރަގްކަން ޔަގީން ނުކުރެވުނު!

ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ކަމަށް ބުނެ ފުލުހުން އަތުލައިގަތް ތަކެއްޗަކީ ބޭކިން ޕައުޑަރުތޯ ނުވަތަ އަސްލު ވެސް މަސްތުވާއެއްޗެއްތޯ ސުވާލު އުފެދުމުން، ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އެ ޒުވާނެކެވެ. އޭނާ  ހައްޔަރުކޮށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން ވަނީ ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު ނެރުއްވި އެ އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މަސްތުވާ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި އެއް ރަބަރު ޕެކެޓާ އެކު އެ މީހަކު ހައްޔަރު ކުރިއިރު ސީންގައި ވެސް އެއީ މަސްތުވާތަކެތި ނޫން ކަމަށް އެ މީހާ ބުނި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ތުހުމަތު ކުރެވޭ މީހާގެ ދިފާއީ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ބުނި ގޮތުން ނަމަ ބަދީގޭގެ ކަބަޑުން ފުލުހުން ނެގި އެ ތަކެއްޗަކީ ބޭކިން ޕައުޑަރެވެ.

ފުލުހުން ބުނެފައިވަނީ އެކަން ކަށަވަރު ކުރެވޭނީ ތަހުލީލް ކުރުމުން ކަމަށެވެ. އެހެންކަމުން ރަބަރު ޕެކެޓްގައި ހުރީ މަސްތުވާތަކެތީގެ ސީދާ ކޮން ބާވަތެއް ކަމެއް ފުލުހުންނަކަށް ޝަރީއަތުގެ މަޖިލީހުގައި ބުނެ ނުދެވެ އެވެ.

އެހެންކަމުން، ޝައްކެއްގެ މަތީގައިހުރެ މީހެއްގެ މިނިވަންކަން ގައިދުކުރުމާ ދުރުވާންޖެހޭނެ ކަމަށް ނިންމައި އެ ޒުވާނާގެ ބަންދުގެ މުއްދަތު އިތުރު ނުކުރުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ރާއްޖޭގައި މިވަރު ޓެސްޓް ކޮށްލެވެން ނެތުމަކީ ވަރަށް ދެރަކަމެއް އަދި ހިތާމަޔެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: