ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ކާމިޔާބުކުރަން ޕީޕީއެމްއިން ޖެހޭނީ އެމްޑީޕީއިން އެކަން ކުރާގޮތް ދަސްކުރަން: އެމްޕީ ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާނަމަ އިދިކޮޅު ޕާޓީ ޕީޕީއެމްއިން ޖެހޭނީ އެމްޑީޕީއިން އެކަން ކުރާގޮތް ދަސްކުރަންކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފްއަށް ޕީޕީއެމްއިން ވެރިކަން ކާމިޔާބުކުރުމަށް ގެންގުޅޭ ފޯމިއުލާ މިހާރު ނޭނގޭނެކަމަށާއި ފޯމިއުލާ މިހާރު އެއްކޮށް ބަދަލުކޮށްފައިވާކަމަށްބުނެ ޕީއެންސީގެ ނައިބުރައީސް އިބްރާޙިމް ޝުޖާޢު ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން ޝިފާއު ވިދާޅުވީ މިހާތަނަށްވެސް އެމްޑީޕީއިން އިންތިހާބުތައް ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމްގެ ފޯމިއުލާ ހޯދައިގެން ނޫނަކަމަށެވެ. އަދި ޕީޕީއެމްއިން އިންތިޚާބެއް ކާމިޔާބު ކުރައްން ބޭނުންވާނަމަ ޖެހޭނީ އެމްޑީޕީން އެކަން ކުރާ ގޮތް ދަސްކުރަން ކަމަށް ޝިފާއުގެ ރައްދު ޓުވީޓުގައިވެއެވެ.

އިންތިޚާބުގެ ފޯރި ގަދަވަމުން އަންނަ އިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު  ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްކަމަށް އިއުލާނު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދާއިރާގެއެއްވެސްއިތުބާރެއްމިހާރުވެސްނެއްމީހަކުކޮންވާހަކައެތިދައްކަނީ ތިހެންސިފާއުހީވެސްނުކުރާތިން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: